"މާލެ ޓެކްސީ ލައިން" ގެ ޓެކްސީއެއް\
"މާލެ ޓެކްސީ ލައިން" ގެ ޓެކްސީއެއް\
ކާރޫބާރޫ ބޮޑުވެ މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން ހަދާ ޕްލޭންއަށް ހިޔާލު ހޯދަން މާލޭ ސިޓީ ކައުންސިލްއިން ހުޅުވާލައިފިއެވެ.

އެ ޕްލޭންގެ ގައިޑްލައިން މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު ސިޓީ ކައުންސިލްއިން މިއަދު ބުނީ އެ ޕްލޭންއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ތިނަކާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

"ރަނގަޅަށް އިންތިޒާމުވެފައިވާ އަދި ފަސޭހައިން ދަތުރުފަތުރުކޮށް ދިރިއުޅެން ފަސޭހަތަނަކަށް މާލެ ސިޓި ހަދަން ތި ބޭފުޅުންގެ ހިޔާލު ވަރަށް މުހިންމު" މާލެ ސިޓީ ކައުންސިލްއިން ބުންޏެވެ.

އެ ޕްލޭންގެ ގައިޑްލައިންގައި ހިމެނޭ ކަންކަމުގެ ތެރޭގައި އިމެޖެންސީ ހާލަތުގައި ފަސޭހައިން ދަތުރުކުރެވޭނެ ހާއްސަ ރޫޓްތައް ހެދުމާއި، މަގުތަކުން ފެން ހިންދުމުގެ ކަންކަން ހަރުދަނާ ކުރުމާއި ބަސް ސްޓޮޕްތަކާއި އަދި ދުވާރުތަކުގެ ހާލަތު ރަނގަޅުކުރުން ހިމެނެއެވެ.

މާލެގެ އާބާދީ އިންތިހާއަށް އިތުރުވެ ވެހިކަލްތައް ތޮއްޖެހުމުގެ ސަބަބުން ހިނގާ ބިނގާޥެ އުޅުމާއި އަދި ދަތުރުފަތުރުކުރުމުގައި ގޮންޖެހުންތަކާ ދަނީ ކުރިމަތިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު