މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، މިފަދަ ޣައިރު ޤާނޫނީ އަމަލުތައް ހިންގާ ފަރާތްތައް ވީ އެންމެ އަވަހަކަށް ހޯދައި އެ ފަރާތްތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ޙައްޤު އަދަބު ދިނުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.
މޭޔަރު ޢާޒިމް މިހެން ވިދާޅުވީ، މިފަހަކަށް އައިސް މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ މިސްކިތްތަކުން ވައްކަން ކުރުމާއި، އެ ތަންތަނަށް އެކިވަރުގެ ގެއްލުންތައް ދިނުމުގެ މައްސަލަތައް އާންމުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވަމުންނެވެ.
މިފަދަ ހާދިސާތައް އިތުރުވަމުންދާއިރު، އިއްޔެރޭގެ ވަގުތެއްގައި މަސްޖިދުއް ޢަފީފުއްދީން މިސްކިތުގެ ވުޟޫކުރާ ބައިގައި ހުރި އެލްމެނިއަމް ކާނުމަތިގަނޑު ވަނީ ވަގަށް ނަގާފައެވެ. ކައުންސިލުން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުން މިހާރު ވަނީ މި އަމަލު ހިންގި މީހާ އާއި ވަގަށް ނެގި ކާނުމަތިގަނޑު ހޯދައިފައެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މާލެ ސަރަހައްދުގައި ޖުމްލަ 41 މިސްކިތެއް ހުންނައިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ތަންތަނަށް ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެކެވެ. މިގޮތުން މިސްކިތްތަކުގައި ހުންނަ ފަންކާތަކާއި، ލައިޓްތަކާއި، ފެން އިސްކުރުތަކުގެ އިތުރުން ސައުންޑް ސިސްޓަމް ފަދަ އަގުބޮޑެތި ތަކެތި ވެސް މިފަހުން ވަގަށް ނަގާފައިވާކަން ކައުންސިލުން ފާހަގަކުރެއެވެ.
މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، މިސްކިތްތައް ޒީނަތްތެރިކޮށް ބެލެހެއްޓުމަށް ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ދަށުދަރަޖައިގެ ޢަމަލުތަކުގެ ސަބަބުން ނަމާދަށް އަރާ ފަރާތްތަކަށް ދޭ ޚިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން، މިކަމުގެ ސަބަބުން ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުންވެސް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން މާލެ ސިޓީ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު