މާލޭ އުތުރު ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ސަރަޙައްދުގައި އަޅަމުންދާ ފިންގަރ ޖެޓީތަކުގެ ތެރެއިން 15 މީޓަރުގެ 3 ޖެޓީއެއްގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިންމާލައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫޢުގެ ދަށުން މިހާރު ނިމިފައިވާ މަސައްކަތްތަކަށްފަހު ދެން އެންމެ އަވަހަށް ފަށާނީ ޖެޓީތަކުގައި ލަކުޑި ޑެކް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި އުޅަނދުފަހަރު ރައްކާތެރިކަމާއެކު ބަނދަރުކުރުމަށް ބޭނުންވާ މޫރިންގ ބޮލާޑްސް ހަރުކުރުމާއި، ޖެޓީ ސަރަޙައްދު އަލިކުރުމަށްޓަކައި ބޭނުންވާ ބައްތިތައް ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް އޮތް ތަނުގައި ބާރަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 6 ފިންގަރ ޖެޓީ އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 25 މީޓަރު ދިގު، 61 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމުމުން އެ ބަނދަރު ބޭނުންކުރާ ޢާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ބަނދަރުގެ ތޮއްޖެހުން ވަރަށް ބޮޑަށް ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ނިމުމެއް އަންނާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މިއީ ކުޑަކުދިންނާއި، އިސްރަށްވެހިންގެ އިތުރުން ބުރަ ލަގެޖް ހިފައިގެން ދަތުރުކުރާ އެންމެހައި ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މީގެ އިތުރުން، މި ޖެޓީތައް ޤާއިމުކުރެވުމުން އެއްފަހަރާ ގިނަ ޢަދަދެއްގެ އުޅަނދުތަކަށް ބަނދަރަށް ކައިރިކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެއެވެ. އޭގެ ސަބަބުން ދަތުރުތައް ފެށުމާއި ނިންމުމުގައި ހޭދަވާ ވަގުތު އަވަސްވެ، އުޅަނދުފަހަރަށް އަރައިފޭބުމުގައި ދަތުރުވެރިންނަށް ލިބޭ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްޓީސީސީ އުފެދުނީ 1980 ވަނަ އަހަރުގައެވެ. ވޭތުވެދިޔަ 45 އަހަރުގެ ދިގު މާޒީގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގައި، ފުރިހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު