ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަކީ އިންސާނާގެ ބަލިކަށިކަމެއްގެ ބަދަލުގައި، އެއީ އޭނާގެ ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި މުޖުތަމަޢުން ބަލައިގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ދެކުނު އޭޝިއާ ސަރަޙައްދުގެ ނަފްސާނީ ޞިއްޙަތުގެ މާހިރުން ބައިވެރިވެވަޑައިގެންނެވި، ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކްލިނިކަލް ފަރުވާއަކުން ނިންމާލެވެން އޮތް ކަމެއް ނޫން ކަމަށެވެ. އެއީ އިންސާނީ ކަރާމާތާއި، އިޖުތިމާޢީ ގުޅުންތަކާއި އަދި މުސްތަޤްބަލުގެ އުންމީދުތަކާ ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ މުހިންމު އަސާސެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ނަފްސާނީ ތަކުލީފުތަކަކީ ހަމައެކަނި ފޮތްތަކުގައި ލިޔެވިފައި ހުންނަ ތަފާސްހިސާބުތަކެއް ނޫން ކަމަށާއި، ކޮންމެ ނަންބަރެއްގެ ފަހަތުގައި އެންޒައިޓީއާ ހަނގުރާމަކުރާ ޒުވާނުންނާއި، ޒިންމާތަކުގެ ބުރައިން ހާސްވެފައިވާ މައިންބަފައިންނާއި، އިހުސާސްތައް ބުނެދޭން ނޭނގިފައި ތިބި ކުޑަކުދިން އަދި އެހީތެރިކަމަށް އެދިއެދި ތިބި އެތައް އާއިލާއެއް ވާކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތަކުން އަރައިގަތުމަށް މިއަދު އޮތް އެންމެ ބޮޑު ހުރަހަކީ މުޖުތަމަޢުގައި އަށަގަނެފައިވާ ނޭދެވޭ ވިސްނުންތަކާއި ތަފާތުކުރުންތައް ކަމަށް ފާހަގަކުރައްވަމުން، މިފަދަ ކަންކަމަށް ފަރުވާ ހޯދުމަށް ފަސްޖެހޭ ޖެހުން ނައްތާލެވޭނީ އެންމެންގެ އެއްބާރުލުމާއި ހަމްދަރުދީ އިސްކޮށްގެން ކަމަށް ވިދާޅުވިއެވެ.
މަންމައެއްގެ ވިސްނުމުން ޒުވާނުންނާއި ކުޑަކުދިންގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ޒަމާނީ ތަޢުލީމީ ވާދަވެރިކަމާއި، އިންޓަނެޓާއި ސޯޝަލް މީޑިއާގެ ސަބަބުން މި ޖީލަށް ކުރިމަތިވެފައިވާ ޕްރެޝަރު އިންތިހާއަށް ބޮޑު ކަމަށެވެ. އެހެންކަމުން، ދަރިންގެ މިޒާޖަށާއި އުޅުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ލޯތްބާއި ކުލުނާއެކު އެކުދިންނަށް އަޑުއަހައި އެހީތެރިކަން ދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެއް ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި، 2029 ގެ ނިޔަލަށް އެކުލަވާލާފައިވާ 'މެންޓަލް ހެލްތު ސްޓްރެޓީޖިކް ޕްލޭން' ގެ ދަށުން މި ދާއިރާ ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި، ރަށުގައި ހުރެގެން ކޮންމެ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ދެކުނު އޭޝިއާގެ ސަރަޙައްދީ ޤައުމުތަކުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހުރި ގޮންޖެހުންތަކަކީ އެއްގޮތް ކަންތައްތަކެއްކަން ފާހަގަކުރައްވައި، ސާކް ސައިކޭޓްރިކް ފެޑެރޭޝަން ފަދަ ޖަމާޢަތްތަކުގެ އެއްބާރުލުމާއެކު މި ސަރަޙައްދަށް ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ޢިލްމީ ޙައްލުތަކެއް ހޯދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތު ނިންމަވާލައްވަމުން، ނަފްސާނީ ޞިއްޙަތުގެ ދާއިރާގައި ހިދުމަތް ކުރައްވާ ޑޮކްޓަރުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، އަދި މި ދާއިރާއިން ޤާބިލު މީހުން ބިނާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ އަގުހުރި މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު