ބ. ތުޅާދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ދެ ބުރީގެ ކަލްޗަރަލް ސެންޓަރުގެ މައި ޢިމާރާތުގެ ކޮލަމްތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަސައްކަތަކީ ދިވެހިރާއްޖޭގައި ފަންނީ އިޤްތިޞާދެއް ޤާއިމްކުރުމަށާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، ސަގާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްޞަ ސިޔާސަތާއި ތަޞައްވުރުގެ ތެރެއިން ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށްދަނީ މައި ޢިމާރާތުގެ ކޮލަމްތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށެވެ.
މީގެއިތުރުން، އެކޮމޮޑޭޝަން ބްލޮކްގެ ސްލެބް ކާސްޓިންގ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ރެސްޓޯރެންޓް ޢިމާރާތުގެ ކޮލަމްތަކަށް ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.
މި މަޝްރޫޢަކީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ޖުމްލަ 24.4 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ތުޅާދޫގައި ޤާއިމުކުރެވޭ މި ސަގާފީ މަރުކަޒުގެ މަސައްކަތް ފުރިހަމަވުމާއެކު، ދިވެހި ސަގާފީ ފަންނުތައް ކަމުގައިވާ ލިޔެލާޖެހުމާއި، ތަފާތު އެކި ބާވަތްތަކުގެ އަތްތެރި މަސައްކަތްތަކުގެ އިތުރުން، ވިޔުމާއި ވަޑާމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްތައް އެ ތަނުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން، މި މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތް ދިނުމަށްޓަކައި ކެފޭއެއްގެ ޚިދުމަތާއި އަރާމުކޮށްލެވޭނެ ހިތްގައިމު ސަރަޙައްދެއް ހިމެނޭނެ ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު