އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޖޯޖިއާގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަމުން، މުޅި އިސްލާމީ އުންމަތުގައި އެންމެ މާތް އަދި އެންމެ އާންމު ނަންފުޅު ކަމުގައިވާ "މުޙައްމަދު" މި ނަންފުޅަށާއި އީރާނުގެ ވެރިކަމަށް ނިސްބަތްކޮށް މަލާމާތާއި ފުރައްސާރައިގެ ބަސްތަކެއް ރައްދުކޮށްފިއެވެ.
ހުކުރު ދުވަހު ބޭއްވި މި އެއްވުމުގައި ޓްރަމްޕް ބުނީ، މެދުއިރުމަތީގެ މީހެއްގެ ނަމާމެދު ޔަޤީންކަމެއް ނެތް ހާލަތެއްގައި "މުޙައްމަދު" އޭ ކިޔައި ގޮވާލުމުން، ގާތްގަނޑަކަށް 65 އިންސައްތަ ފަހަރު އެކަން ދިމާވާނެ ކަމަށެވެ. އަދި މިއީ އޭނާ އަބަދުވެސް ބޭނުންކުރާ އަދި އޭގެ ނަތީޖާ ރަނގަޅު އުކުޅެއް ކަމަށް ބުނެ، ޖޯކު ޖެހިއެވެ.
މީގެއިތުރުން އީރާނާ ބެހޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އީރާނަކީ ދުނިޔޭގައި އެއްވެސް މީހަކު ވެރިކަން ކުރަން ބޭނުންނުވާނެ ހަމައެކަނި ޤައުމު ކަމަށެވެ.
ޓްރަމްޕްގެ މި ޢިބާރާތްތަކާ ގުޅިގެން މުސްލިމުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. އަދި މުސްލިމުންނަށާއި ހިޖުރަކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދަށު ދަރަޖައިގެ މިފަދަ މަލާމާތްކުރުންތައް ތަކުރާރުކުރަމުންދާތީ، އެ ޖަމްޢިއްޔާތަކުން ވަނީ އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ.
ހަމައެއާއެކު، އީރާނުގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓުވުމަށްޓަކައި އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލަމުން، އީރާނަށް ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު ނުދޭނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ މި ޖަލްސާގައި ތަކުރާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު