އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކުރިއަށް އޮތް އިންތިޚާބީ ކެމްޕޭނަށް ރަސްމީކޮށް ތާއީދުކުރަން ދެކޮޅު ހައްދަވައިފިއެވެ.
'ނިއުޒްމެކްސް' އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސިޔާސީ ދާއިރާގައި އެއްވެސް މީހަކަށް އިތުބާރު ނުކުރައްވާ ކަމަށެވެ.
"އަހަރެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރަމ، ތެދުކޮށް ބުނާނަމަ އެއްވެސް މީހަކަށް އިތުބާރެއް ނުކުރަން. ސިޔާސީ ދުނިޔޭގައި އަހަރެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރަމ،" ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންޓަވިއުގައި ޓްރަމްޕް ވަނީ އިޒްރޭލުގެ ރައްޔިތުންގެ މެދުގައި އޭނާއަށް އޮތް މަގުބޫލުކަމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އިޒްރޭލުގެ ރައްޔިތުން ބުނާކަމަށް ވިދާޅުވީ އޭނާ އިޒްރޭލުގެ ބޮޑުވަޒީރު ކަމަށް ވާދަކުރައްވައިފިނަމަ ރައްޔިތުންގެ 99 އިންސައްތަ ވޯޓު ލިބޭނެ ކަމަށެވެ.
އިޒްރޭލާއި އެމެރިކާއާ ދެމެދު އޮތް އަސްކަރީ ބައިވެރިވުމަކީ ކާމިޔާބު ގުޅުމެއްކަން ފާހަގަކުރައްވައި، ނަތަންޔާހޫއާ އެކު ވަރަށް ރަނގަޅު ގުޅުމެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ނަތަންޔާހޫގެ ވާދަވެރިންގެ ތެރޭގައި ހިމެނޭ ގެޑީ އައިޒެންކޮޓް ފަދަ ފަރާތްތަކާ ގުޅޭގޮތުން ވެސް ޓްރަމްޕް ވާހަކަދައްކަވާފައިވާއިރު، އޭނާ ވަނީ ނަތަންޔާހޫގެ އިންތިޚާބީ ކެމްޕޭނަށް ސީދާ ތާއީދުކުރުމުން އެއްކިބާވެ، މިކަމުގައި ވަކިކޮޅަކަށް ނުޖެހި ތިއްބެވުން އިސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު