ދިވެހި ފިލްމީ ދާއިރާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އާ ފިލްމު "މަޖުނޫން" ސްކްރީނަށް އައުމުގެ ކުރިން، އެ ފިލްމުގެ ފުރަތަމަ މޭކިންގ ވީޑިއޯ މިރޭ ބެލުންތެރިންނަށް ދޫކޮށްލުމަށް ހަމަޖެހިއްޖެއެވެ.
ނަހުލާގެ ކޮންމެ ފިލްމެއް ވެސް ސިނަމާތަކަށް ގެނައުމުގެ ކުރިން އޭގެ "ބިހައިންޑް ދަ ސީންސް" ނުވަތަ މަން ޒަރުތައް ނެގުމުގައި ހިނގާ މަޖާ އަދި ޝައުގުވެރި ކަންކަން ހިމެނޭ މޭކިންގ ވީޑިއޯތައް ބަލައިލުމަކީ ދިވެހި ފިލްމު ބެލުންތެރިން އަބަދުވެސް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ކަމެކެވެ. އެންމެ ކުރީއްސުރެ ވެސް ފިލްމުތައް އެޅުވުމުގެ ކުރިން މޭކިންގ ނެރުމަކީ ނަހުލާ ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އެންމެ ކުރީގެ ފިލްމުތަކުގެ މޭކިންގ ވީޑިއޯތައް ޑީވީޑީގެ ގޮތުގައި ނެރެމުން އައި ނަމަވެސް، މިހާރު މި ވީޑިއޯތައް އާންމުކޮށް ރިލީޒް ކުރަމުން ދަނީ ސޯޝަލް މީޑިއާގައެވެ.
މި ފަހަރުގެ ފިލްމު "މަޖުނޫން"ގެ މޭކިންގ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުގެ ކުރިން ފުރަތަމަ ދައްކާނީ ރާއްޖެ ޓީވީންނެވެ. ނަހުލާ މައުލޫމާތު ދީފައިވާ ގޮތުގައި، މިރޭ 10:00 ގައި ރާއްޖެ ޓީވީ މެދުވެރިކޮށް މި ވީޑިއޯ ބެލުންތެރިންނަށް ގެނެސްދިނުމަށް ފަހު، ޔޫޓިއުބް އަދި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމުތަކުން މޭކިންގގެ ފުރަތަމަ އެޕިސޯޑު ފެންނާނެއެވެ.
ފިލްމު "މަޖުނޫން" އޮލިމްޕަހުގައި އެޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މިހާރު ފިލްމު ސްކްރީނަށް ގެންނަން ބާކީ އޮތީ މަދު ދުވަސްކޮޅެކެވެ. މި މަހުގެ 26 ވަނަ ދުވަހު މި ފިލްމު އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ޓިކެޓު މިހާރު ބާރު ސްޕީޑުގައި ދަނީ ވިކެމުންނެވެ.
ފިލްމުގެ ޓިކެޓު ވިއްކަމުންދަނީ އޮލިމްޕަހުންނާއި އަދި 7844422 ނަމްބަރު މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު