އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ސަރްދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީ (އެސް.ވީ.ޕީ.އެން.ޕީ.އޭ) ގެ ރަސްމީ ދަޢުވަތަކަށް، އެ އެކަޑަމީގެ 78 ވަނަ އިންޑިއަން ޕޮލިސް ސަރވިސް (އައި.ޕީ.އެސް) ޓްރެއިނިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތާއި "ޕާސިންގ އައުޓް ޕެރޭޑް" ގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ބައިވެރިވެވަޑައިގެންފިއެވެ.
2026 އޮކްޓޫބަރު 17 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަސް އޮފިސަރަކު ވަނީ މި ތަމްރީނު ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށް ދަސްވެނިވެފައެވެ. މީގެ ތެރޭގައި އަންހެން އޮފިސަރަކު ވެސް ހިމެނެއެވެ.
މި ދަތުރުފުޅުގެ ހަވާސާގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އިންޑިއާގެ ޔޫނިއަން ހޯމް ސެކްރެޓަރީ ޝްރީ ގޯވިންދު މޯހަންގެ އިތުރުން، އެސް.ވީ.ޕީ.އެން.ޕީ.އޭ ގެ ޑިރެކްޓަރ ޝްރީ ސުޖީތު ޕާންޑޭއާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އެކުވެރިކަން ރަމްޒުކޮށްދިނުމުގެ ގޮތުން މި ބައްދަލުކުރެއްވުންތަކުގައި ވަނީ ހަނދާނީ ފިލާ ބަދަލުކުރައްވާފައެވެ.
އެކަޑަމީގެ ޑިރެކްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، ކުރިމަގުގައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނާއި، ދިވެހި ފުލުހުންގެ އޮފިސަރުންނަށް އެ އެކަޑަމީން ލިބޭ ތަމްރީނު ފުރުޞަތުތައް އިތުރަށް ފުޅާކޮށް، ޖާގަ އިތުރުކުރުމާ ގުޅޭގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު