އާންމުންނަށް ތަކުރާރުކޮށް ބޮޑެތި އުނދަގޫތަކެއް ކުރަމުންދިޔަ މީހަކު، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ބުނީ، އެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
މި މައްސަލައަށް އަނެއްކާވެސް ބޮޑު ސަމާލުކަމެއް ލިބުނީ، އެ މީހާގެ ފަރާތުން ކުރިމަތިވަމުންދާ އުނދަގޫތަކަށް ދޮޅު އަހަރު ވެގެންދިޔައިރު ވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށް ބުނެ، އާންމު ރައްޔިތަކު ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމާ ގުޅިގެންނެވެ. އޭނާ ބުނި ގޮތުގައި މި ހަޅުތާލު ފެށީ އާއިލާއާއި އަވަށްޓެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގައެވެ.
އޭނާ ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ އެ މީހާގެ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން ކަށިމާ ހިނގުމާއި ދޫހިމެރި މަގު ބޭނުންކުރާ މީހުންނަށް ދިޔައީ ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވަމުންނެވެ. އެގޮތުން، މަގުމަތިން ހިނގާފައިދާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން ހަޅޭއްލެވުމާއި، މަގުމައްޗަށް ބައިސްކަލާއި ބޯޑު ފަދަ ތަކެތި އަޅައި މަގު ބަންދުކުރުން ފަދަ ކަންކަން ހިމެނެއެވެ.
މީގެއިތުރުން، އެ މީހާ ދިރިއުޅޭ އެޕާޓްމަންޓުގެ ބެލްކަނީގައި ހުރެ މަގުމަތީގައި ތިބޭ މީހުންގެ ގަޔަށް ތެލާއި ފެން ޖެހުމާއި، ޕްލާސްޓިކް ފުޅިން ހަމަލާދިނުން ފަދަ ނުރައްކާތެރި ކަންކަން ކޮށްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ދަންވަރުގެ ވަގުތުތަކުގައި މެދުކެނޑުމެއްނެތި އަޑުގަދަކޮށް ހަޅޭއްލެވުމުގެ އިތުރުން، ހުއްދައެއް ނެތި އަވަށްޓެރި ގެތަކަށް ވަދެ ކުނި އުކުމުގެ އަމަލުތައް ވެސް ވަނީ ފާހަގަކުރެވިފައެވެ. އޭނާ ބުނި ގޮތުގައި، މި މައްސަލަތައް ކަމާބެހޭ ހެކިތަކާއެކު ފުލުހުންނަށް ތަކުރާރުކޮށް ހުށަހެޅި ނަމަވެސް، މީގެކުރިން އެދެވޭ ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އިތުރަށް ބުނީ، މީގެކުރިން ވެސް އެ މީހާއާ މެދު ގާނޫނީ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ. އަދި މިފަހަރު ފެންމަތިވި މައްސަލަތަކާ ގުޅިގެން ވެސް ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން ދިނެވެ. މީގެއިތުރުން، އެ މީހާގެ މިފަދަ އަމަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނެކޭ އެއްފަދައިން ފުލުހުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަން ތަރުޖަމާނު ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު