އެމެރިކާއާއެކު ކުރިއަށްދާ ހަނގުރާމަ ހުއްޓާނުލައިފިނަމަ، އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ ވަރުގަދަ އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދާ 81 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ މައްސަލައިގައި އޮތީ މައިގަނޑު ދެ ގޮތެއް ކަމަށެވެ. އެއީ އެ ގައުމު އަލުން ބިނާކޮށް ކުރިއެރުމުގެ ފުރުސަތު ފަހިވާނޭ ފަދަ ސުލްހައިގެ އެއްބަސްވުމަކަށް އައުން، ނުވަތަ އެއްވެސް މިންވަރަކަށް ސަލާމަތްވުމުގެ ފުރުސަތެއް ނުދީ އެ ގައުމުގެ ވެރިކަމުގެ ނިޒާމު އެއްކޮށް ނައްތާލުން ކަމަށެވެ. ޓްރަމްޕްގެ މި ހަރުކަށި ވާހަކަތަކާ ގުޅިގެން، އދ. ގެ އާންމު މަޖިލީހުގައި ތިއްބެވި އީރާނުގެ މަންދޫބުން ވަނީ އިހުތިޖާޖުކުރުމުގެ ގޮތުން މާލަން ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ.
މި ހަނގުރާމައަށް ހަ މަސްދުވަސް ވެފައިވާއިރު، އެމެރިކާގެ އަސްކަރީ ވަރުގަދަ ހަމަލާތަކުގައި އީރާނުގެ ވައިގެ ސިފައިންނާއި، ކަނޑުގެ ބާރުތަކުގެ އިތުރުން ނިއުކްލިއާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު، އީރާނުން އެއްބަސްވުމަކަށް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ހަރުކަށި އިންޒާރުތަކެއް ދެއްވި ނަމަވެސް، މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމެރިކާއާއި އީރާނުގެ އިސް އޮފިޝަލުންގެ މެދުގައި ނުރަސްމީ ސިއްރު މަޝްވަރާތަކެއް ކުރިއަށްދާކަންވެސް ރައީސް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު