އައިޖީއެމްއެޗް-
އައިޖީއެމްއެޗް-
ހުޅުމާލޭގެ ނިރޮޅުމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 2:55 ހާއިރު ދެ ސައިކަލް ޖެހިގެން ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. އަދި އެ މީހުންނަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. ނަމަވެސް އެ މީހުންނަށް އިތުރު ފަރުވާ ބޭނުންވާތީ، އައިޖީއެމްއެޗަށް ބަދަލުކުރީއެވެ.

އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވީ ދެ މީހަކު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ހާލު ސީިރިއަސް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ. އަދި އެ މީހުންގެ ވަނަވަރެއް ވެސް ނުބުނެއެވެ.

އެ އެކްސިޑެންޓް ހިނގަން މެރުވެރިވި ސަބަބު ފުލުހުން ވެސް ދަނީ ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު