ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސަޢޫދީ އިސްވެ އޮންނަ ޢަސްކަރީ ކޯލިޝަނުން، މަދީނާ އަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ހުއްޓުވައި، ގޮއްވާލާފައިވާ ކަމަށް މިއަދު ބުނެފިއެވެ.
ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލްމާލިކީ އެކްސްގައި ޙިއްޞާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، މަދީނާ ސަރަޙައްދަށް އަމާޒުކުރި ކްރޫޒް މިސައިލެއް ދެނެގަނެ، އެ މިސައިލް ވައްޓާލާފައިވާ ކަމަށެވެ. މި ބަޔާން ސަޢޫދީގެ ދަޢުލަތުގެ މީޑިއާތަކުން ވެސް ވަނީ ޝާއިޢުކޮށްފައެވެ.
ނަމަވެސް، މި ވާހަކަތަކަށް ރައްދުދެމުން ހޫތީން ބުނެފައިވަނީ ބުރާސްފަތި ދުވަހު މަދީނާގެ އެއްވެސް ސަރަޙައްދަކަށް ޙަމަލާއެއް ދީފައި ނުވާނެ ކަމަށެވެ. އަދި މާތްވެގެންވާ މައްކާއާއި މަދީނާއަށް ޙަމަލާ ނުދޭނެ ކަމަށް ކުރިންވެސް ވަޢުދުވެފައިވާނެ ކަމަށް އެ ޖަމާޢަތުން ފާހަގަކުރިއެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު އެކްސްގައި ލިޔުއްވި ގޮތުގައި، ސަޢޫދީގެ އެއްވެސް ސަރަޙައްދަކަށް އަމާޒުކޮށް ޔަމަނުގެ ސިފައިން އެއްވެސް އޮޕަރޭޝަނެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި މަދީނާއަށް ޙަމަލާއެއް ދިން ކަމަށް ބުނެ ސަޢޫދީން ދައްކަނީ އެއްވެސް ޙަޤީޤަތެއް ނެތް ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް ހޫތީން ދަނީ ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ގިނަ ޙަމަލާތަކެއް ދެމުންނެވެ. އޭގެ ތެރޭގައި ރިޔާދުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިން ނުރައްކާތެރި ޙަމަލާ ވެސް ހިމެނެއެވެ. މިއީ ފަހަކަށް އައިސް ދެފަރާތުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު