ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އިބްރާހިމް ނަޒީމް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފިއެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން ނަޒީމް ވަކިކޮށްފައިވާއިރު، އެ ކުންފުނި އުވާލައި ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ސަރުކާރުގެ އެކި އިދާރާތަކުން އާރްޑީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
އަދި އާރުޑީސީގެ ހިންގުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސަޢުދީއާ ވަނީ ހަވާލުކޮށްފައެވެ.
ނަޒީމް އާރްޑީސީގެ އެމްޑީގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ އެ މަޤާމުން މި ވަކިކުރެއްވީ ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ ޚިދުމަތަށް ފަހުގައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރިޕޯޓްތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ އެންމެ ކުއާޓަރެއްގެ ތެރޭގައިވެސް އާރުޑީސީއަށް ވަނީ 113.73 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު