ހެލްތު މިނިސްޓަރ ގީލާ އަލީ
ހެލްތު މިނިސްޓަރ ގީލާ އަލީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ގިނަ އަދަދެއްގެ ތެރަޕިސްޓުން ހިދުމަތަށް ނެރެވިފައިވާކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދާ "އަހާ ފޯރަމް 9"ގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅުވީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެއް ތަނެއްގައި ގިނައިރު މަޑުކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަވަސް ފަރުވާ ލިބޭނެ ނިޒާމެއް މިހާރުވެސް ޤާއިމުކުރެވިފައިވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ގިނަ އަދަދެއްގެ ތެރަޕިސްޓުން ޚިދުމަތުގައި ތިއްބެވި ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އެއީ އެއް ވައުދުފުޅެއް އެއީ އަޅުގަނޑުމެންގެ ހިދުމަތުގައި މި އަހަރު އެކަނި 50 ތެރަޕިސްޓުން ގާއިމުކޮށްފަ ބޭތިއްބުން، އޭގެ އިތުރުންވެސް މީގެ ކުރިންވެސް ހިދުމަތުގައި ތިއްބެވި ހިދުމަތްތެރިންނާއެކުގައި މިހާރުވެސް 80އަށް ވުރެ ގިނަ ތަފާތު އެކި ފަންނުގެ ތެރަޕިސްޓުން ހިދުމަތުގައި އެބަ ތިއްބަވާ" މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު