މާލޭގައި ޝޫޓީންއެއް ކުރިއަށް ދަނީ--
މާލޭގައި ޝޫޓީންއެއް ކުރިއަށް ދަނީ--
ފިލްމީ ދާއިރާއަށް އަހަރަކު އެވްރެޖްކޮށް 15 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ "އަހާ ފޯރަމް 9"ގައި މިނިސްޓަރު ހީނާ ވިދާޅުވީ އޮލިމްޕަހުގައި މިހާުރު ގިނަ ފިލްމުތަކެއް އަޅުވަމުންދާއިރު އެ ދާއިރާ ކުރިއަރަމުންދާތަން ވެސް މިހާރު ފެންނަމުންދާ ކަމަށެވެ.

އަދި އެ ދާއިރާގެ ވިޔަފާރީ އަގު އެވްރެޖްކޮށް އަހަރަކު 15 މިލިއަން ރުފިޔާ ވަރު މިހާރު ޖެހޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި އެހެން ކަންއޮތް އިރު ފިލްމު އަޅުވަން ރެއަކަށް މިހާރުވެސް ދޫކުރަނީ 2000އެއްހާ ރުފިޔާއަށް ކަމަށައި މިއީ ވަރަށް ކުޑަކުޑަ އަގެއް ކަަމަށް އެކަމަނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އޮލިމްޕަސްގައި ހުންނަ އެހެނިހެން ވަސީލަތްތަކަކީވެސް ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހޭ ތަކެތި ކަމަށާއި އެހެންވެ އެކަމަށް ވަރަށް ބޮޑު ހޭދައެއް ހިނގާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަން އޮތް އިރުވެސް ފަންނުވެރިންނަށް ސަބްސިޑައިޒްކޮށްގެން ކަންކަންކުރަމުންދަނީ ފަންނުވެރިންނަށް އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު