ދިވެހި ބަހުގެ ގަވައިދު ފޮތް އަންނަ މަހު ނެރެން ނިންމައިފިއެވެ.
މިރޭ ބޭއްވި "އަހާ ފޯރަމް 9"ގައި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ ދިވެހި ބަހުގެ ގަވައިދު ފޮތުގެ މަސައްކަތް ކުރަމުންދާތާ މިހާރު 10 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. މި ފޮތުގެ މަސައްކަތް ނިންމައި، އަންނަ މަހު އެ ފޮތް ނެރުމަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފޮތުގައި، ބަހުގެ ލަފުޒުތައް ބައިބަޔަށް ބަހާލައިގެން ބަލައިލެވޭނެ އުސޫލުތަކުގެ އިތުރުން، މިހާރުގެ ބަހަވީ އިލްމާ ގުޅޭގޮތަށް ޒަމާނާ އެއްގޮތްކުރުމުގެ މަސައްކަތްތައްވެސް ކުރެވިފައިވާނެކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި، ދިވެހި ރަދީފް ޗާޕުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަންވެސް މިނިސްޓަރު ހީނާ ވަލީދު ފާހަގަކުރެއްވިއެވެ.
ނިމިގެން ދިޔަ މަހު ދިވެހި ބަހުގެ އެކެޑަމީން ވަނީ ރަދީފްގެ އާ ވާޝަންއެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު