ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަގާފީ ފަތުރުވެރިކަމުގެ ތަސައްވުރު އެކަށައަޅާ ތަރިކައިން މާލީ މަންފާ ލިބޭނޭ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރުންނާއި ސުވާލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އަހާ ފޯރަމްގައި އާއްމު ރައްޔިތެއް ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ހީނާ ވިދާޅުވީ ޣާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވައި އާލާކުރުމުގެ މަޝްރޫޢުގައި ހިމެނޭ ރަށްތަކަށް މާލީ މަންފާ ލިބޭނެގޮތަށް ސްޓްރެޓެޖިކް ޕްލޭން އެކުލަވާލަމުންދާ ކަމަށެވެ.
މިމަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ރަށްތަކަކީ ހއ. އުތީމު، ބާރަށް، ތަކަންދޫ، ށ. މަރޮށި އަދި ލ. އިސްދޫ އެވެ. ވަޒީރު ވިދާޅުވީ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތްކުރިއަށްދާކަމަށެވެ. އަދި މިމަސައްކަތުގެއެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ނިމިފައިވާކަމަށާއި މި މަހުގެ ނިޔަލަށް ފައިނަލް ލިޔުން ޔުނެސްކޯއަށް ހުށަހެޅޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އޮތީ 13 އަހަރު ދުވަހު ސީރިއަލް ނޮމިނޭޝަނެއްގެ ގޮތުގައެވެ. މިމަސައްކަތުގެ ނޮމިނޭޝަން ފައިލް، މިއަހަރުގެ ޖަނަވަރީ މަހު ޔުނެސްކޯއިން ވަނީ ބަލައިގަނެފައެވެ. މިގޮތުން ހިރިގަލުގެ ފަސް މިސްކިތެއް މިލިސްޓުގައި ހުށަހަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އިންޓަރނޭޝަނަލް ކައުންސިލް އޮން މޮނިއުމަންޓްސް އެންޑް ސައިޓްސް(އައިކޮމޮސް) އިން އިވެލިއޭޝަން މަސައްކަތް ނިންމާފައިވާކަމަށާ، މިއާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސް، މި މަހުގެ ނިޔަލަށް ހުށަހެޅިގެންދާނެކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ އުންމީދަކީ އަންނަ އަހަރުގެ ފަހުކޮޅު މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިގެންދިއުމެވެ.
މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ތަރިކަ ބަލައިގަނެވި، މިސްކިތްތައް ބަލަން އަންނަ ފަތުރުވެރިން އިތުރުވެ، ރަށްތަކަށާއި މުޅި ގައުމަށް އިގުތިސާދީ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު