ސަޢޫދީ ޢަރަބިއްޔާގެ ދެ ބައިނަލްއަޤްވާމީ އެއާޕޯޓަކަށް ދީފައިވާ ހަމަލާތަކާ ގުޅިގެން، އެކަން ގާތުން ބަލަމުންދާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެކްސް މެދުވެރިކޮށެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ސަޢޫދީ ޢަރަބިއްޔާގެ އިންޓަނޭޝަނަލް ދެ އެއާޕޯޓަކަށް ދީފައިވާ ހަމަލާތަކާ ގުޅިގެން، މިނިސްޓްރީން މިހާދިސާ ގާތުން ބަލަމުންނެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު މިހަމަލާތަކުގައި އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކޮށްފައި ނުވާކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި ހަމަލާތަކުގެ ތެރޭގައި ޔަމަނުގެ ހޫތީ ޖަމާއަތުން ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާ ހިމެނެއެވެ. މި ހަމަލާގައި 12 މީހުން މަރުވެ، 309 މީހުންނަށް އަނިޔާވެފައިވާ ކަމަށް ސައުދީ ސިވިލް އެވިއޭޝަން އޮތޯރިޓީ (ޖީ.އޭ.ސީ.އޭ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
"ސައުދީ ގެޒެޓް" ގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ ރައްޔިތުންގެ އިތުރުން، އެމެރިކާ، މިސްރު، އުރުދޫން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ ރައްޔިތުން ހިމެނެއެވެ. މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމާއެކު، ސަލާމަތީ ކަންކަން ކަށަވަރުކޮށް، ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް ކިންގް ޚާލިދު އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ސައުދީގެ ތިން ރައްޔިތުން މަރުވެފައިވާއިރު، މިހާރު މި އެއާޕޯޓަށް އަމާޒުކޮށް ދޭ ވައިގެ ހަމަލާތައް ވަނީ އިތުރުވެފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިންޓަނޭޝަނަލް ދެ އެއާޕޯޓަކަށް ދީފައިވާ ހަމަލާތަކާގުޅިގެން، މިމިނިސްޓްރީން މިދަނީ އެެެކަން ގާތުން ބަލަމުންނެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު މިހަމަލާތަކުގައި އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކޮށްފައެއް ނުވެއެވެ.
— Ministry of Foreign Affairs 🇲🇻 (@MoFAmv) October 11, 2026
ހޮޓްލައިން: 7983400
މި ހަމަލާތަކުގެ ތެރޭގައި ޔަމަނުގެ ހޫތީ ޖަމާއަތުން ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާ ހިމެނެއެވެ. މި ހަމަލާގައި 12 މީހުން މަރުވެ، 309 މީހުންނަށް އަނިޔާވެފައިވާ ކަމަށް ސައުދީ ސިވިލް އެވިއޭޝަން އޮތޯރިޓީ (ޖީ.އޭ.ސީ.އޭ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
"ސައުދީ ގެޒެޓް" ގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ ރައްޔިތުންގެ އިތުރުން، އެމެރިކާ، މިސްރު، އުރުދޫން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ ރައްޔިތުން ހިމެނެއެވެ. މި ހަމަލާގެ ސަބަބުން އެއާޕޯޓުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމާއެކު، ސަލާމަތީ ކަންކަން ކަށަވަރުކޮށް، ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް ކިންގް ޚާލިދު އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ސައުދީގެ ތިން ރައްޔިތުން މަރުވެފައިވާއިރު، މިހާރު މި އެއާޕޯޓަށް އަމާޒުކޮށް ދޭ ވައިގެ ހަމަލާތައް ވަނީ އިތުރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު