ވޯޓާ ސްޕޯޓްސް ވަޒީފާތަކަށް މީހުން ޓްރެއިން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްދާ "އަހާ ފޯރަމް 9"ގައި ޓޫރިޒަމް މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ވެސް ސްޕޯޓްސް މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ވަރަށް ގިނަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންދާ ކަމަށެވެ.
އަދި ވޯޓާ ސްޕޯޓްސްއަށް ހާއްސަކޮށް މީހުން ޓްރެއިންކުރަން ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.
އަދި "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ކުރިއަށް ގެންދިއުމަށް ނިމިގެން ދިޔަ ހަފްތާފައި ސްޕޯޓްސް އަދި ޓޫރިޒަމް މިނިސްޓްރީއާއެކު ސޮއިކުރި އެމްއޯޔޫއަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ އެމްއޯޔޫގެ ބޭނުމަކީ ވެސް ވޯޓާސްޕޯޓްސް ފަދަ ވަޒީފާތަކުގެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުމުގެގޮތުން ކަމަށެވެ.
ރިސޯޓްތަކާއި ގެސްޓު ހައުސްތަކުގައި ވޯޓާ ސްޕޯޓްސްއަށް ބޮޑު ޑިމާންޑެއް އޮވެއެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހީން ވޯޓާ ސްޕޯޓްސް ހިންގާ ތަންތަނުގައި ވަޒީފާ އަދާކުރެއެެވެ.

ކިޔުންތެރިންގެ ހިޔާލު