ފިރިމީހާގެ މަންމަ ވަޅުލިތާ ތިން ދުވަސް ފަހުން ފާމަސީން ގުޅިއެވެ. އޭރު އަހަރެން ހުރީ ދޮންނަ މެޝިން ކައިރީގައެވެ. އޭނާ އެންމެ ފަހުން އައިޖީއެމްއެޗްގައި އެޑްމިޓްކުރި ދުވަސްވަރު ގެންދިޔަ ކަންބަޅި ބޮޑު ރެދިގަނޑު ހިފަހައްޓައިގެންނެވެ. އެ ނޫކުލައިގެ ފޮތިގަނޑުގައި އޭނާގެ ރިހިކުލައިގެ އިސްތަށިކޮޅެއް ތަތްލާފައި އޮތެވެ.
މިއީ ފާތިމަތު ހަނާ ހެއްޔެވެ؟" އަންހެނަކު އެހިއެވެ.
"އާދެ،" އަހަރެން ޖަވާބު ދިނީމެވެ.
"މިއީ ފާމަސީ އިން ނުޒުހާ. ސައީދާގެ ބޭސް ކޮތަޅު ތެރެއިން ސިޓީއުރައެއް ފެނިގެން މިގުޅީ. އޭގައި އޮތީ ހަނާގެ ނަން ލިޔެފައި،" އޭނާ ބުންޏެވެ.
އަހަރެން އެ ރެދިގަނޑު މޭގައި ޖައްސާ ބާރުކޮށްލީމެވެ.
މަރުވުމަށްފަހުވެސް، އަދިވެސް ގެއަށް ނުގެނެވި ހުރި އޭނާގެ ބައެއް ތަކެތި ހުރީއެވެ.
"އަޅުގަނޑު މިއަދު މެންދުރުފަހުން ދާނަން،އެންމެ ރަނގަޅުތޯ" އަހަރެން އެހީމެވެ.
"އާދެ، އެންމެ ރަނގަޅު، ޝުކުރިއްޔާ" އެކޮޅުން ފޯނު ބޭއްވިއެވެ.
ވޭތުވެދިޔަ ތޭރަ ވަރަކަށް އަހަރު ވަންދެން އާމިނަތު ސައީދާގެ ބޭސްތަކަށް ފައިސާ ދެއްކީ އަހަރެންނެވެ.
އަހަރެންގެ ފިރިމީހާ ރަމީޒު އަބަދުވެސް ދައްކަނީ އެއް ވާހަކައެކެވެ.
"ރިޔާޒު އުޅެނީ ކުދިން ބަލަން ޖެހިގެން. ރިޝާންގެ ވިޔަފާރި އޮތީ ބަނގުރޫޓުވާން ކައިރިވެފައި. މިކަން ކުރެވެން އޮތީ ހަމައެކަނި އަހަރެމެންނަށް،" އޭނާ ބުނެއެވެ.
އަހަރެމެންގެ ހާލަކީވެސް ކިރިޔާ އުޅެވޭ ފެންވަރެވެ.
އަހަރެން އުޅެނީ މާލޭގައި ކުއްޔަށް ހިފާފައި ހުރި ކުޑަ ފްލެޓެއްގައި ސްކޫލް ޔުނިފޯމް ފަހާށެވެ. މަސައްކަތް ބޮޑުވާ މަސްމަހު، ދަންވަރު ދޭއް ޖަހަންދެން ފަހުމުގެ މަސައްކަތުގައި އުޅެމެވެ. އޭރު އަހަރެމެންގެ ދަރިފުޅު ޔުމްނާ ނިދާފައި އޮންނާނީ ފަހަން ހުރި ހެދުންތަކުގެ ކައިރީގައެވެ.
އެހެންވިޔަސް، ރަމީޒު އައިސް ބޭސްސިޓީއެއް ދައްކާލާ ކޮންމެ ފަހަރަކު، ކޮންމެވެސް ގޮތަކުން އަހަރެން އެއަށް ފައިސާ ހޯދަމެވެ.
ސައީދާއަކީ ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި، ކަކުލު ހުޅުގައި ރިއްސާ ދުޅަވާ ބަލި ހުންނަ މީހެކެވެ. ބައެއް ބޭސްތައް އާސަންދައިން ލިބުނަސް، ބައެއް ފަހަރު ބޭސް ހުސްވުމުން ނުވަތަ ބޭސްސިޓީ ބަދަލުވުމުން އަމިއްލައަށް ގަންނަން ޖެހޭ ފަހަރު އާދެއެވެ.
އޭނާ ދުވަހަކުވެސް ސީދާ އަހަރެން ކައިރިއަކު އެއްޗަކަށް ނޭދެއެވެ.
އޭގެ ބަދަލުގައި، އަހަރެންގެ އަތުގައި ހިފާލާފައި ބުނާނެއެވެ. "ދަރިފުޅާ، ކައިފިން ހެއްޔެވެ؟"
ބަލި އެނދުގައި އޮންނައިރުވެސް، އޭނާ ކަންބޮޑުވަނީ އަހަރެން މެންދުރު ނުކައި ހުރެދާނެތީއެވެ.
ކަށުނަމާދުގެ އަނެއް ދުވަހު، އޭނާގެ ފިރިހެން ދަރިން އެގެއަށް އެއްވިއެވެ.
އަހަރެން ހުރީ ފާޚާނާގައި ހޮސްޕިޓަލުން ގެނައި އެންމެ ފަހު ރެދިގަނޑު އަތުން ދޮންނާށެވެ. އެއީ އަހަރެމެންގެ ފްލެޓުގައި އެ ހިއްކަން އަޅާނެ ތަނެއް ނެތުމުންނެވެ.
ބޭރުން އިވެނީ ވަތްގަނޑުތައް ހުޅުވާ ލައްޕާ އަޑެވެ.
"މި އަލަމާރިއަކީ މަގޭ އެއްޗެއް،" ރިޔާޒު އިޢުލާން ކުރިއެވެ. "މީގެ އެތައް އަހަރެއް ކުރިން މީތި ގަތީ މަ،"
ރިޝާން ބޭނުންވީ ޓީވީއެވެ.
އެމީހުންގެ އަންހެން ކޮއްކޮ ރިފާ އައީ ރަންގަހަނާތައް އަޅަން ހުސް ދަބަހެއް ހިފައިގެންނެވެ.
އަހަރެން ތަށިމުށިގަނޑަކަށް ތެތް ރެދިގަނޑު ލައިގެން ބޭރަށް ނިކުތީމެވެ.
ސައީދާގެ ކޮޓަރި ތެރެ އޮތީ ބީރައްޓެހިންތަކެއް އެތަން ހާވާލާފައި އޮތް ފަދަ ގޮތަކަށެވެ.
ނަމާދު ހެދުން އޮތީ ތަޅުންގަނޑު މަތީގައި އޮޅާލާފައެވެ. ހުކުރު ނަމާދުގެ ކުރިން އޭނާ ޖަހާ ކުޑަ ސެންޓު ފުޅި އޮތީ ސައީދާ ނަމާދުކޮށް އަވިދިވެގެން ޤުރުއާން ކިޔަވަން ހުންނަ ގޮނޑި ދަށުގައެވެ.
އަހަރެން އެ ފުޅި ނެގީމެވެ.
ރިފާ އޮތީ އެނދު މަތީގައި އުޅާތައް ގުނާށެވެ.
"ކުޑަ ރިހި އަނގޮޓިއެއް އޮންނާނެ،" އަހަރެން ބުނީމެވެ. "އަހަރެން ރަމީޒާ ފުރަތަމަ އިން އިރުވެސް މަންމަ އެ އަޅާ. އެއްވެސް މީހަކު އިއުތިރާޒެއް ނުކުރާ ނަމަ، އެ އަހަރެން ބާއްވަން ބޭނުން،"
ރިފާ ގުނުން ހުއްޓާލިއެވެ.
"ގަހަނާއަކީ ހަމައެކަނި ލޭގެ ގުޅުން ހުރި މީހުންނަށް އޮތް އެއްޗެއް، ހަނާ،"
އަހަރެން ރަމީޒަށް ބަލާލީމެވެ.
އޭނާ ހުރީ ދޮރުމަތީގައި ފޯނާ ކުޅޭށެވެ.
"ރަމީޒު؟"
އޭނާ އިސްއުފުލާ ބަލާލިއެވެ.
"ދޫކޮށްލާ. މިއީ އެކަހަލަ ވާހަކަ ދައްކަންވީ ވަގުތެއް ނޫން،"
އެކަހަލަ ވާހަކަ ދައްކަންވީ ވަގުތަކީ ކޮބައިތޯ އަހަރެން އަހަން ބޭނުންވިއެވެ.
ނިދި ނަގާލާފައި އޭނާގެ ހުން ބެލި ރޭތަކުގައި ހެއްޔެވެ؟
އޭނާ ބަލިވެ ގޮސް ފާޚާނާއާ ހަމައަށް ނުދެވޭ ވަރުވުމުން އޭނާ ސާފުކޮށްދިން ދުވަސްތަކުގައި ހެއްޔެވެ؟
ނޫނީ އޭނާގެ ޓެސްޓުތަކާއި ބޭސްތަކަށް ފައިސާ ދެއްކުމަށް އަހަރެންގެ ކައިވެނީގެ އުޅާކޮޅު ވިއްކާލި ދުވަހު ހެއްޔެވެ؟
ނަމަވެސް، އަހަރެން އެއްވެސް އެއްޗެއް ނުބުނެ، ސެންޓު ފުޅި މޭޒުމަތީގައި ބެހެއްޓީމެވެ.
އަދި ތަށިމުށިގަނޑު ހިފައިގެން ބޭރަށް ނިކުތީމެވެ.
ފާމަސީގައި، ނުޒުހާ އަހަރެންގެ އަތަށް ބޯ މުށިކުލައިގެ ސިޓީއުރައެއް ދިނެވެ.
"މިދިޔަ މަހު ދަރިފުޅާއެކު މިތަނަށް އައިއިރު، މަންމަ މި ދަބަސް މިތަނަށް ދޫކޮށްލާފައި ދިޔައީ،" އޭނާ ކިޔައިދިނެވެ. "އަހަރެމެން މީތި ރައްކާކޮށްފައި ބޭއްވީ، އެކަމަކު ކަންތައް ވީގޮތުން..."
"އޭނާއަކީ އަހަރެންގެ މަންމައެއް ނޫން،" އަހަރެން ބުނަން އުޅުނީމެވެ.
ނަމަވެސް އަހަރެން ހުއްޓުނީމެވެ.
"އާނ، އެއީ އަހަރެންގެ މަންމަ،" އަހަރެން މަޑުމަޑުން ބުނީމެވެ.
އެ ސިޓީއުރައިގެ ތެރޭގައި އޮތީ ކުދިކުދި ރަސީދުތަކެކެވެ. އެ ރަސީދުތައް ހުރީ ބައިބަޔަށް އަތުރާލައި، ރޯނުގަނޑަކުން އައްސާފައެވެ.
އޭގެ އިތުރުން ނޯޓަރީގެ ތައްގަނޑު ޖަހާފައިވާ ލިޔުމަކާއި، ސައީދާގެ އަތުލިޔުމުން ލިޔެފައިވާ ސިޓީއެއް އޮތެވެ.
އަހަރެން އެންމެ ފުރަތަމަ ކަނޑާލީ އެ ލިޔުމެވެ.
އޭގެ ސުރުޚީގައި އޮތީ:
ލޯނު ނެގިކަމުގެ އިގްރާރާއި ފައިސާ އަނބުރާ ދެއްކިކަމުގެ ރެކޯޑު.
އޭގެ ދަށުގައި ތިން ނަމެއް އޮތެވެ.
މުޙައްމަދު ރިޔާޒު އަޙުމަދު
ޢަލީ ރިޝާން އަޙުމަދު
އިބްރާހީމް ރަމީޒު އަޙުމަދު
އަހަރެންގެ ފިރިމީހާއެވެ.
އަހަރެން ފުރަތަމަ ޕެރެގްރާފް ދެފަހަރު ކިޔާލީމެވެ.
މީގެ އެތައް އަހަރެއް ކުރިން، ސައީދާގެ އުފަން ރަށް، އައްޑޫގައި އޮތް އޭނާގެ ބިން ވިއްކާލީ އޭނާގެ ތިން ފިރިހެން ދަރިންނަށް އެހީވުމަށެވެ. ރިޔާޒަށް ފައިސާ ބޭނުންވީ މަސްދޯންޏަކަށް އިންވެސްޓް ކުރާށެވެ. ރިޝާނަށް ފައިސާ ބޭނުންވީ ފިހާރައެއް ހުޅުވާށެވެ. އަދި ރަމީޒަށް ފައިސާ ބޭނުންވީ އޭނާގެ ދަރަނިތައް ހަލާސްކުރާށެވެ.
އެމީހުން އެއްބަސްވީ ކޮންމެ މަހަކު ވަކިވަރެއް ދައްކައިގެން އެ ފައިސާ އަނބުރާ ދައްކާށެވެ.
ދެން އަހަރެން ރަސީދުތައް ބަލަން ފެށީމެވެ.
އެއީ އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރިކަމުގެ ރެކޯޑުތަކެވެ.
މަހަކަށްފަހު މަހެކެވެ.
އަހަރަކަށްފަހު އަހަރެކެވެ.
އެ ތިން އަޚުންވެސް ދިޔައީ ފައިސާ ދައްކަމުންނެވެ.
އެ ތާރީޚުތައް ދެމިގެން ގޮސްފައިވަނީ، އެހީވާނެ ތަނަވަސްކަމެއް ނެތްކަމަށް ރަމީޒު އަހަރެން ގާތު ބުނަމުން ދިޔަ ހަމަ އެ ތޭރަ އަހަރުގެ މައްޗަށެވެ.
އަހަރެންގެ އަތް ތުރުތުރު އަޅަން ފެށިއެވެ.
އަހަރެން އޭނާއަށް ގުޅީމެވެ.
"ކަލޭގެ ކޮއްކޮމެން މަންމައަށް ފައިސާ ފޮނުވިތަ؟"
ކުޑަ ހިނދުކޮޅަކަށް ހިމޭންވިއެވެ. "އެވާހަކަ ބުނީ ކާކު؟"
"އެމީހުން ފޮނުވިތަ؟"
"އާނ، އެކަމަކު އެއީ ތަފާތު ކަމެއް."
އަހަރެން ބަލަހައްޓައިގެން ހުރީ އޭނާގެ ނަން ޖަހާފައިވާ ރަސީދަކަށެވެ. "ކަލޭވެސް ފައިސާ ފޮނުވިން."
"ހަނާ، ކިހިނެއްވީ؟ ކޮންތާކު ތިހުރީ؟"
"ބޭސްތަކާ ބެހޭގޮތުން ކަލޭ މަންމަ ގާތު ބުނީ ކީކޭ؟"
"ތިވާހަކަ ދައްކަން ގެއަށް އާދޭ"
އަހަރެން ސައީދާގެ ސިޓީ ކަނޑާލީމެވެ. އޭގެ ފުރަތަމަ ފޮޅުވަތުން އަހަރެންގެ ކަކުލުން ވަރުދޫވިއެވެ.
ދަރިފުޅާ، މިއަދާ ހަމައަށްވެސް އަހަރެން ގަބޫލުކޮށްގެން ހުރީ ބޭހަށް ހިނގާ ފައިސާއަކީ އަހަރެންގެ ތިން ފިރިހެން ދަރިން ފޮނުވާ ފައިސާ ކަމަށެވެ.
އަހަރެން ފްލެޓަށް ދިޔައިރު ރަމީޒު ހުރީ އިންތިޒާރުގައެވެ. އަހަރެން އާންމުކޮށް ފޮތި ކަނޑަން ބޭނުންކުރާ މޭޒުމަތީގައި އެ ލިޔުންތައް ބެހެއްޓީމެވެ.
"ކިޔާބަލަ،" އަހަރެން ބުނީމެވެ.
އޭނާ ނޯޓަރީގެ ތައްގަނޑަށް ބަލާލިއެވެ. ދެން އޭނާގެ މަންމަގެ އަތުލިޔުމަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
"މަންމަ މިކަމުގެ ތެރެއަށް ހަނާ ވައްދަން ނުވާނެ."
"މިކަމުގެ ތެރެއަށް އަހަރެން ވައްދަން ނުވާނެއޭ؟" އަހަރެންގެ އަޑު އުފުލުނުލެއް ބާރުކަމުން އޭނާ ކޮޓަރިއާ ދިމާއަށް ބަލާލިއެވެ. ދަރިފުޅު ޔުމްނާ އޭރު ހުރީ ސްކޫލުގައެވެ. "ވޭތުވެދިޔަ ތޭރަ އަހަރު، އަހަރެން ބޭހަށް ފައިސާ ދެއްކި ކޮންމެ ފަހަރަކު އަހަރެން ހުރީ މިކަމުގެ ތެރޭގައި."
"އެ ފޮނުވި ފައިސާއަކީ ލޯނު އަނބުރާ ދެއްކުން. އެއީ ބޭހަށް ދިން ފައިސާއެއް ނޫން."
"އެކަން އަހަރެންނަށް އެނގޭ. ކަލޭގެ ލޯނު އަދާކުރުން އެހާ ރައްކާތެރިކޮށް ބޭއްވިއިރު، އިތުރަށް ހިނގި ކޮންމެ ޚަރަދެއް އަހަރެން ފަހައިގެން ހޯދާ ފައިސާއިން ނަގަން ޖެހުނީ ކީއްވެ؟"
"އަހަރެން ކުލި ދެއްކީމެއްނު."
"އަދި އަހަރެން ކާބޯތަކެއްޗަށާއި، ޔުމްނާގެ ކަންކަމަށާއި، ކަލޭގެ މަންމަގެ ބޭހަށް ފައިސާ ދެއްކިން. އަހަރެންނަށް ދަތިވާ ކޮންމެ ފަހަރަކު ކަލޭ ބުނީ ކަލޭގެ ކޮއްކޮމެންގެ އަތުގައި އެއްޗެއް ނެތް ކަމަށް."
"އެމީހުންގެ އަމިއްލަ ޒިންމާތަކެއް އޮވެއޭ."
"އަހަރެންގެވެސް ޒިންމާތަކެއް އޮތް."
އޭނާ އިށީނެވެ. އަހަރެން ހުރީ ކޮޅަށެވެ.
"އަހަރެންގެ އުޅާތައް ވިއްކާލިކަން މަންމައަށް އެނގޭތަ؟"
އޭނާ ބޯ ހޫރާލިއެވެ.
"އޭނާގެ ބޭސްސިޓީއަށް ފައިސާ ދައްކަން ވެގެން އަހަރެންގެ ލޮލުގެ ޓެސްޓުތައް ފަސްކުރިކަން އެނގޭތަ؟"
"ނޫން."
"އެހެން އެއްވެސް މީހެއްގެ އެހީއަށް ނޭދުމަށް ކަލޭގާށތު އަހަރެން ބުނިކަން އޭނާއަށް އެނގޭތަ؟"
އޭނާ ނިތްކުރީގައި އަތް އުނގުޅާލިއެވެ. "އަހަރެން ބޭނުންނުވީ އާއިލީ މައްސަލަތަކެއް ޖެހެން."
"ކަލޭ މައްސަލަތަކުން ދުރުވީ، އަހަރެންނަށް ކަންކަން ސިއްރުކޮށްގެން."
އޭނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އަހަރެން އެ ސިޓީ ނެގީމެވެ.
"އޭނާގެ ބަލިހާލަތަށް ޚަރަދުކުރަނީ އޭނާގެ ފިރިހެން ދަރިން ކަމަށް އޭނާ ގަބޫލުކޮށްގެން ހުންނަން ކަލޭ ފުރުސަތު ދިނީ."
"ތިޔައީ އިންސާފެއް ނޫން."
"އެހެންވީމާ ވީގޮތް މިހާރު ކިޔައިދީ"
އޭނާ އަނގަ ހުޅުވާލިއެވެ. ނަމަވެސް މިފަހަރު ދައްކާނެ އުޒުރެއް އޭނާއަކަށް ނުވިސްނުނެވެ.
ސައީދާއަށް ހަގީގަތް އެނގުނީ އޭނާ މަރުވުމުގެ ހަ ހަފުތާ ކުރިންނެވެ. އޭނާގެ އެނދު ކައިރީގައި އަހަރެންގެ ޚަރަދުތައް ލިޔާ ކުޑަ ނޫޓުފޮތް ބޭއްވުނީއެވެ. އޭގައި އަހަރެން ފޮތި ގަންނަ އަގުތަކާއި، ސްކޫލް ފީއާއި، ކާބޯތަކެއްޗާއި ބޭހަށް ކުރާ ޚަރަދުތައް ލިޔެފައި ހުންނާނެއެވެ. ލޮލުގެ އޮޕަރޭޝަނަށްފަހު، އޭނާގެ އައިނުން އެ ބޮޑެތި އަކުރުތައް ކިޔަން އޭނާއަށް އެނގުނެވެ.
އޭނާ ރަމީޒާ އެ ސުވާލު ކުރުމުން، ބޭހަށް ފައިސާ ދައްކަނީ އަހަރެންގެ އާމްދަނީން ކަމަށް އޭނާ އިއުތިރާފުވިއެވެ. އަދި އަހަރެންގެ އުޅާތަކުގެ ވާހަކަވެސް އޭނާއަށް ވަނީ އެނގިފައެވެ. ފެންނަ ފެނުމަށް، ރިފާ އެވާހަކަ ދެއްކީ ބޭއިޚްތިޔާރުގައެވެ. "މާމަގެ ހޮސްޕިޓަލް ޚަރަދުތަކަށް އެ އެއްޗެހި ވިއްކާލިތާ ކިތަންމެ ދުވަހެއް ވެއްޖެ."
ސައީދާގެ ސިޓީ އެ ހިސާބުން މަޑުޖެހިފައި، ދެން ހުރި ބަސްތައް ލިޔެފައިވަނީ ވަރަށް ބާރަށް ގަލަން ޖައްސައިގެންނެވެ.
ދަރިފުޅުގެ އަތް ހުސްކޮށް އޮތީ ކީއްވެގެންތޯ އަހަރެން އެހި ހަނދާންވެއެވެ. ދަރިފުޅު ބުނީ ފަހާ މެޝިނުގައި އުޅާ އަޅައިގަންނާތީ ކަމަށެވެ.
އަހަރެން އަނގަމަތީގައި އަތް އެޅީމެވެ. އޭނާ އެކަން ހަނދާން އެބަހުއްޓެވެ.
އަހަރެން އިތުރަށް ސުވާލުކުރަން ޖެހޭނެއެވެ. ދަރިފުޅު އަބަދު ވަރުބަލިވެފައި ހުންނަ ސަބަބު އަހަރެން ދެނެގަންނަން ޖެހޭނެއެވެ.
އެ ސިޓީގައި އޭނާ ނޯޓަރީއަކާ ބައްދަލުކުރި ސަބަބު ކިޔައިދީފައިވެއެވެ. އޭނާ ބޭނުންވީ ލޯނުތަކާއި، ލިބުނު ފައިސާއާއި، ދައްކަން ޖެހޭ ބާކީ ފައިސާގެ ރެކޯޑެއް ހެކިންގެ ކުރިމަތީގައި ބާއްވާށެވެ. ކުރީގެ އެއްބަސްވުމުގެ ކޮޕީތަކެއްވެސް އޭގައި ހުއްޓެވެ. އަދި ރަމީޒު އިއުތިރާފުވި ކަންތައްތަކުގެ ލިޔުމެއްވެސް އޮތެވެ.
އޭނާ އަހަރެންނަށް ގެ ދޭކަށް ނުވަތަ މުޅި މިލްކިއްޔާތު ދޭކަށް ނުނިންމައެވެ. އޭގެ ބަދަލުގައި އޭނާ ދޫކޮށްލީ ހެކިތަކެކެވެ.
ތިޔަ އެންމެންނާ އެކުގައި ވާހަކަދައްކަން އަހަރެން ބޭނުންވިއެވެ، އޭނާ ލިޔެފައިވެއެވެ. ނަމަވެސް އަހަރެން އަނެއްކާވެސް ބަލިވީއެވެ. އަހަރެންނަށް އެ ފުރުސަތު ނުލިބިއްޖެ ނަމަ، ދަރިފުޅަށް ކަންކަން އޮޅުނީ ކަމަށް ބުނަން އެމީހުން ފުރުސަތު ނުދޭށެވެ.
ސިޓީގެ ތިރީގައި އޮތް ޖުމްލަ، އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނައިގެ ތެރެއިން ކިޔާލެވުނީ ކިރިޔާ ކިރިޔާއެވެ.
އެހީއަށް އެދުމަކީ ނުބައި ކަމެއް ކަމަށް ގަބޫލުކޮށްގެން ދަރިފުޅު އެތައް އަހަރެއް ހޭދަކޮށްފީއެވެ.
އެ ރޭ، އަހަރެން މުޅި އާއިލާ ސައީދާގެ ގެއަށް އެއްކުރީމެވެ. ރިފާ އައީ އޭނާގެ މަންމަގެ ރަން އުޅައެއް އަޅައިގެންނެވެ.
"މިއީ ކޮން ކަމެއް؟" އޭނާ އެހިއެވެ.
އަހަރެން ކާ މޭޒުމަތީގައި އެ ކަރުދާސްތައް ބެހެއްޓީމެވެ. "މަންމަ ތިޔަބައިމީހުންނަށް ދިން ލޯނުތައް."
ރިޔާޒު ރަމީޒަށް ބަލާލިއެވެ. "އެކަން އަހަރެމެން އެންމެންނަށް އެނގޭ."
"އަހަރެންނަކަށް ނޭނގޭ."
"އެއީ އާއިލީ އަމިއްލަ ކަމެއް."
"އަހަރެން ގާތު ބުނީ މަންމަގެ ފަރުވާއަށް އެހީވާނެ ތަނަވަސްކަމެއް ތިޔަބައިމީހުންގެ ނެތް ކަމަށް."
ރިޔާޒު ނިތްކުރިއަށް ރޫއަރުވާލިއެވެ. "ރަމީޒު ބުނީ އޭނާ އެކަން ބަލަހައްޓާނެ ކަމަށް."
"އަހަރެންގެ މިހިރަ ފަހާފޮށިކައިރީ ރެއާދުވާލު އިނދެގެން ލިބޭ މަދުފައިސާކޮޅުން،" އަހަރެން ޖަވާބު ދިނީމެވެ.
ރިޝާން ކުރިއަށް ޖެހިލިއެވެ. "ކީކޭ؟"
"ދިހަ ބާރަ އަހަރު ވަންދެން."
އޭނާ އޭނާގެ ބޭބެއަށް ބަލާލިއެވެ. "ކަލޭ ބުނީ ހަނާއާއި ކަލޭ އެއްބަސްވީއޭ އެކަން ކުރަން، ސަބަބަކީ ދެމީހުންނަށްވެސް އާމްދަނީ ލިބޭތީއޭ."
"އަހަރެމެން އެއްބަސްވީމޭ،" ރަމީޒު ބުންޏެވެ.
"ނޫން." އަހަރެން މޭޒުމަތީގައި އަތް ބާއްވާލީމެވެ. "އަހަރެން އެއްބަސްވީ ކަލޭގެ ކޮއްކޮމެންނަށް އެހީނުވެވޭނެ ކަމަށް ކަލޭ ބުނުމުން. ކަންކަން ރަނގަޅުވިތޯ އަހަރެން އެހި ކޮންމެ ފަހަރަކު ކަލޭ ބުނީ އެމީހުން އަދިވެސް އުޅެނީ ދަތިހާލުގައި ކަމަށް."
ރިފާ އަތް އުރާލިއެވެ. "މަންމަ މަރުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކަލޭ ތި ފަށަނީ ފައިސާގެ ވާހަކަ."
އަހަރެން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލީމެވެ. ޓީވީ އޭރު ވަނީ ގެންގޮސްފައެވެ. ދެ އަލަމާރިއެއްވެސް ނެތެވެ. ސައީދާގެ ގަޑި އެލުވާފައި ހުރި ފާރުގައި އޮތީ ހުސް ތަނެކެވެ.
"އިއްޔެ ކަލޭމެން މިތަނުން ގެންދިޔައީ އޭނާގެ ތަކެތި، އަހަރެން މިދައްކަނީ އޭނާގެ ތަކެތީގެ ވާހަކައެއް ނޫން" އަހަރެން ބުނީމެވެ. "މިއަދު އަހަރެން މި އަހަނީ، އޮޅުވާލައިގެން އަހަރެން އަތުން ޚަރަދުކުރުވި ފައިސާގެ ވާހަކަ. ކަލޭމެންނަށް ޖެހޭނީ އަޑުއަހަން."
އެއްވެސް މީހަކު ގުޑައެއް ނުލައެވެ. އަހަރެން ނޯޓުފޮތުގެ ވާހަކަ އޮތް ބައި ކިޔައިދިނީމެވެ. ދެން އުޅާތަކުގެ ވާހަކަ އޮތް ބައި ކިޔައިދިނީމެވެ.
ރިޝާން އިސްދަށަށް ޖެހިއެވެ. ރިޔާޒު ގޮނޑީގައި ހަމަޖެހިލިއެވެ. "އަހަރެންނަށް އެކަމެއް ނޭނގޭ،" އޭނާ ބުންޏެވެ.
"އޭނާ ބޭސް ބޭނުންވާކަން ކަލޭމެންނަށް އެނގޭ. އޭގެ އަގަކީ ކޮބައިތޯ ކަލޭމެން ދުވަހަކުވެސް އެހިންތަ؟"
އޭނާ ޖަވާބެއް ނުދިނެވެ. ރިފާގެ އަތް އޭނާ އަޅައިގެން ހުރި ރަން އުޅާގައި ބާރުކޮށްލިއެވެ. ރަމީޒު ބަލަހައްޓައިގެން އިނީ ތަޅުންގަނޑަށެވެ.
އެތައް އަހަރެއް ވަންދެން އަހަރެން ހީކުރީ ހަގީގަތް އެނގުމުން އަހަރެން ބާރުގަދަވާނެ ކަމަށެވެ. ނަމަވެސް އެމީހުންގެ މެދުގައި އިށީނދެގެން އިރު އަހަރެންނަށް އިހުސާސް ކުރެވުނީ އިންތިހާ ވަރުބަލިކަމެވެ. އަހަރެން ބޭނުންވީ އެ ހޭލާ ހުރި ރޭތައް އަނބުރާ ލިބުމަށެވެ. އަހަރެން ބޭނުންވީ އޭރުގެ ޒުވާންކަން އަހަރެންނާ ބައްދަލުކޮށް، އަމިއްލަ ނަފްސަށްޓަކައި އެއްޗެއް ބެހެއްޓުމަކީ ހުއްދަ ކަމެއްކަން ބުނެދޭށެވެ.
އެ ރޭ ހުރިހާ ކަމެއް ހައްލެއް ނުވިއެވެ. ލޯނުތަކާއި ސައީދާގެ މުދަލުގެ ކަންކަން ރަނގަޅަށް ބަލަން ޖެހުނެވެ. އަހަރެން ބާރުއެޅީ، މިލްކިއްޔާތުން އިތުރު އެއްޗެއް ނެގުމުގެ ކުރިން ގާނޫނީ ގޮތުން ކަންކަން އެނގޭ މީހަކަށް އެ ލިޔުންތައް ދެއްކުމަށެވެ.
އަހަރެން ކުރި ޚަރަދުތަކަކީ ތަފާތު މައްސަލައެކެވެ. އަހަރެން އެ ފައިސާ ދިނީ އޭނާގެ ބަލިހާލަތަށްޓަކައެވެ. އެއީ އޭނާ އަހަރެން އަތުން ނެގި ދަރަންޏެއް ކަމަށް ހަދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް، ވީގޮތް ގަބޫލުކުރުމަށް އޭނާގެ ފިރިހެން ދަރިންގެ ކިބައިން އަހަރެން އެދުނީމެވެ.
ގިނަ ބަހުސްތަކަކަށްފަހު، ރެކޯޑުކުރެވިފައި ހުރި ބޭސްތަކުގެ ޚަރަދު އެމީހުން ބަހާލައިގެން ދޭން އެއްބަސްވިއެވެ. ބައެއް އަހަރުތަކުގެ ރެކޯޑު ހުރީ ހަމައެކަނި ނޯޓުފޮތުގައެވެ. އަދި ބައެއް ޚަރަދުތައް ސާބިތުކޮށްދެވޭކަށް ނެތެވެ. މިއީ ފުރިހަމަ ހިސާބެއް ނޫނެވެ. އެ ތޭރަ އަހަރުގެ އެއްވެސް ކަމެއް ދެން ފުރިހަމައެއް ނުކުރެވޭނެއެވެ.
ރިޝާން އޭނާގެ ބައި އެންމެ ފުރަތަމަ ފޮނުވިއެވެ. އަދި އޭނާ ގެންދިޔަ ޓީވީވެސް އަނބުރާ ގެނައެވެ. "ހުރިހާ ކަމެއް ހަމައަކަށް އެޅެންދެން،" އޭނާ ބުންޏެވެ. އޭނާ ދޮރުމަތީގައި މަޑުކޮށްލިއެވެ. "އަހަރެން އިތުރަށް ސުވާލުކުރަން ޖެހޭނެ."
"އާނ،" އަހަރެން ޖަވާބު ދިނީމެވެ. އޭނާ ބޯ ޖަހާލިއެވެ. ފުރަތަމަ ފަހަރަށް، އަހަރެންގެ ޖަވާބު މަޑުމޮޅިކުރުމަށް އެކަކުވެސް ނޭދެއެވެ.
ރަމީޒު ހީކުރީ މާފަށް އެދުމުން ހުރިހާ ކަމެއް ކުރިން އޮތް ގޮތަށް ރުޖޫޢަވާނެ ކަމަށެވެ. "އަހަރެންނަށް ކުށެއް ކުރެވުނީ،" އެއް ރެއަކު އޭނާ ބުންޏެވެ. ޔުމްނާ ނިދުމުން އަހަރެމެން ތިބީ ކުރިމަތިލައިގެންނެވެ.
"ކުށަކީ ހިނދުކޮޅެއްގެ ކަމެއް،" އަހަރެން ބުނީމެވެ. "ކަލޭގެ އަތުގައި އެތައް އަހަރެއް އޮތް އަހަރެން ގާތު ބުނަން."
"އަހަރެން އެ ދަރަންޏާ މެދު ލަދުގަތީ. އަހަރެން ބޭނުންވީ އެ ހަލާސްކުރަން. ކަލޭ ބޭހުގެ ކަންކަން ހަމަޖައްސާ ކޮންމެ ފަހަރަކު، އަހަރެން ހިތަށް އެރީ އަހަރެމެންނަށް މިކަން ކުރެވެއޭ."
"ކަލޭގެ މާނައަކީ އަހަރެންނަށް އެކަން ކުރެވެއޭ."
އޭނާ ރޯން ފެށިއެވެ. އޭނާގެ މަންމަގެ ޖަނާޒާގައި އޭނާ ރޮނިކޮށް އަހަރެން ދުށީމެވެ. ނަމަވެސް މިފަހަރު އަހަރެން އިނީ ގޮނޑީގައި އިށީނދެގެންނެވެ.
"ކަލޭ ބޭނުމީ އަހަރެން ދާންތަ؟"
"އަހަރެން ބޭނުމީ ވަގުތު. އަދި އަހަރެންނަށް ގެއްލުން ދެވޭނީ ކޮން މިންވަރަކަށްކަން ކަލޭ ނިންމުން ހުއްޓާލަން ބޭނުން."
ކުރިއަށް އޮތް ހަފުތާތަކުގައި އޭނާ ހުރީ ރިޝާންގެ ގޭގައެވެ. އަހަރެމެން ވާހަކަދެއްކީ ދަރިފުޅުގެ ކަންކަމާއި ގޭގެ ޚަރަދުތަކާ ބެހޭގޮތުންނެވެ. ފަހުން، މީހެއްގެ އެހީތެރިކަމާއެކު އަހަރެމެން އުނދަގޫ ވާހަކަދައްކަން ފެށީމެވެ. އަހަރެން ވަކި ތާރީޚެއްގައި މާފުކުރާނެ ކަމުގެ ވައުދެއް ނުވަމެވެ. އަހަރެން ދައްކާ ވާހަކަ ނިމޭނީ ކޮން އިރަކުންތޯ ނާހާ، އަޑުއަހަން އޭނާ ދަސްކުރަން ޖެހުނެވެ.
އެއްދުވަހު މެންދުރުފަހު، އަހަރެން އެ ސިޓީ ކިޔަން އިންދާ ޔުމްނާއަށް ފެނުނެވެ. "މާމަ މަތިން ހަނދާންވަނީތަ؟"
"އާނ."
އޭނާ އަހަރެންގެ ކައިރީގައި އިށީނެވެ. "ބައްޕަ ބުނި ފައިސާގެ ކަންކަމުގައި ދޮގުހެދި ވާހަކަ."
އަހަރެން އޭނާއަށް ބަލާލީމެވެ. "އިތުރަށް ކީކޭ ބުނީ؟"
"ބުނީ މަންމައަށް ދެރަދެވުނޭ. އަދި އެއީ މަންމަގެ ކުށެއް ނޫނޭ."
އަހަރެން މަޑުމަޑުން ނޭވާ ދޫކޮށްލީމެވެ. މަދުވެގެން، އޭނާ ދިފާއުކޮށްދިނުމަށް އޭނާ ދަރިފުޅުގެ ކިބައިން ނޭދޭތީ އުފާވިއެވެ.
ޔުމްނާ އެ ސިޓީއުރައިގެ ކައިރީގައި އަތް ހާކާލިއެވެ. "މަންމަ ވަރުބަލިވެފައި ހުންނައިރުވެސް އަބަދު ދަނީ މާމަގެ ގެއަށް."
"އޭނާ ބޭނުންވީ މީހެއްގެ އެހީ."
"މަންމަވެސް ބޭނުންވި މީހެއްގެ އެހީ."
އަހަރެން އޭނާއަށް ބަލާލީމެވެ. އޭނާގެ އުމުރަކީ ސޯޅަ އަހަރެވެ. ނުނިމި ހުރި ޔުނިފޯމްތަކުގެ މައްޗަށް އަހަރެން ނިދިފައި އޮންނަ މަންޒަރު ހަނދާން ހުންނާނެ ވަރުގެ އުމުރެކެވެ. އަހަރެން ބޭނުންވާ ވަރަށްވުރެ އިތުރަށް އޭނާއަށް ކަންކަން ވިސްނެއެވެ.
"އަހަރެން މިހާރު އެކަން ދަސްކުރަމުން މިދަނީ،" އަހަރެން ބުނީމެވެ.
ހަފުތާއެއް ފަހުން، ރިފާ އަހަރެމެންގެ ފްލެޓަށް އައެވެ. އޭނާގެ އަތުގައި ކުޑަ ފޮތި ކޮތަޅެއް އޮތެވެ. އޭގެ ތެރޭގައި އޮތީ ސައީދާގެ ރިހި އަނގޮޓިއެވެ. "އަހަރެން ހިތަށް އެރީ މީތި އޮންނަން ޖެހޭނީ ހަނާގެ އަތުގައޭ."
އަހަރެން ވަގުތުން އޭގައި އަތެއް ނުލަމެވެ. "ކީއްވެ؟"
އޭނާ ކަރުބުޑުން އަޑު ނެރުނެވެ. "ސަބަބަކީ ކަލޭ އެއަށް އެދުމުން އަހަރެންވީ ވަރަށް އިހާނެތި މީހަކަށް. އެއީ ކަލެއަށް ހައްގު އެއްޗެއް." އޭނާގެ ލޮލުން ކަރުނަ އައެވެ. "އަހަރެން އެ ގަހަނާތައް ބޭނުންވީ، އެއީ މަންމަގެ ހަނދާނެއްގެ ގޮތުގައި ބާއްވަން އެއްޗެއް ބޭނުންވާތީ. އެކަމަކު އެއީ އަހަރެން ބުނި ބަސްތަކުގެ އުޒުރެއް ނޫން." އޭނާ އެ ކޮތަޅު އަހަރެންގެ ފަހާ މެޝިނުގެ ކައިރީގައި ބެހެއްޓިއެވެ. "މާފުކުރޭ ހަނާ."
އޭނާ ދިއުމުން، އަހަރެން އެ އަނގޮޓި އިނގިއްޔަށް ހެޔޮވަރުކޮށްލީމެވެ. އެއީ ދޫ އަނގޮޓިއެކެވެ. ސައީދާ އޭނާގެ ހިމަ އިނގިލީގައި އެ އަނގޮޓި އަނބުރާލަ އަނބުރާލާ އިންނަ ހަނދާން އަހަރެންވިއެވެ.
އަހަރެން ރޮއިގަތީމެވެ. އެއީ އެ އަނގޮޓީގެ ސަބަބުން ކަންކަން ރަނގަޅުވީމައެއް ނޫނެވެ. ނަމަވެސް، އަހަރެންނަށް ލިބުނު އަނިޔާ ފޮރުވައިގެން ހުންނަން ނުޖެހި، ހިތްހަމަޖެހިލައިގެން ރޮއިލެވުނީތީއެވެ.
ފައިސާ އަނބުރާ ލިބެމުން ދިޔައީ މަސްތަކަކަށް ބަހާލައިގެންނެވެ. އޭގެ ބައެއް ފައިސާ އަހަރެން ބޭނުންކުރީ އަހަރެންގެ ލޮލުގެ ޓެސްޓުތަކަށާއި ފަރުވާއަށެވެ. އަދި އެތައް އަހަރެއް ވަންދެން ހަލާކުވަމުން ދިޔަ ފަހާ މެޝިން ބަދަލުކޮށް އާ މެޝިނެއް ގަތީމެވެ. ބާކީ ހުރި ފައިސާ ޖަމާކުރީ އަހަރެންގެ އަމިއްލަ ނަމުގައި ހުޅުވި އެކައުންޓަކަށެވެ.
ރަމީޒު އެނބުރި ގެއަށް އައީ ވަރަށް ފަހުންނެވެ. އަހަރެމެން ކުރިން އެއްބަސްވި ގޮތަށް ގޭގެ ޚަރަދުތަކަށް އޭނާ ފައިސާ ދައްކަން ފެށިއެވެ. އާއިލާގެ މީހަކަށް އެހީއެއް ބޭނުންވާ ކޮންމެ ފަހަރަކު، އެއްވެސް މީހަކަށް ވައުދެއްވުމުގެ ކުރިން އަހަރެމެން ދެމީހުން އެކަމާ މަޝްވަރާކުރަމެވެ.
ބައެއް ދުވަސްދުވަހު، އަހަރެން އޭނާއަށް ބަލާލުމުން ފޯނުން ވާހަކަދެއްކި ދުވަހުގެ އެ ހިމޭންކަން ހަނދާންވެއެވެ. އެވާހަކަ ބުނީ ކާކު؟
އިތުބާރު އަންނަނީ ވަރަށް މަޑުމަޑުންނެވެ. ބައެއް ފަހަރު އެ އިތުބާރު މުޅިން ގެއްލޭ ކަހަލަ އިހުސާސެއްވެސް ކުރެވެއެވެ. އޭނާ ދަސްކުރީ އިންތިޒާރު ކުރާށެވެ.
ވަރަގަދައަށް ވިއްސާރަވެ ވާރޭވެހުނު ހުކުރު ދުވަހެއްގެ ފަތިސްވަގުތެވެ. ފަތިސް ނަމާދަށްފަހު އާދަކާދައިގެ މަތިން އަހަރެން މައިދައިތައަށް ހެޔޮދުއާކުރީމެވެ. ހާއްސަކޮށް އަދުވަހު ހެޔޮ ދުޢާކުރުމުގައި އެތަށް ވަގުތެއްވަންދެން އަހަރެން ހިމޭނުން ހުރެވުނެވެ.
އަހަރެން އޭނާގެ ކިބައިން އަހަން ބޭނުންވި ކިތަންމެ ކަމެއް ހުއްޓެވެ. އޭނާ އެހާ ރައްކާތެރިކަމާއެކު އެ ރަސީދުތައް ބެލެހެއްޓީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ފިރިހެން ދަރިންނާ ކުރިމަތިލާން އޭނާ ބިރުގަތީ ހެއްޔެވެ؟ އެންމެ ފަހު ހަފުތާތަކުގައި، އަހަރެން ހުރީ ކިހާ އެކަނިވެރިވެފައިކަން އޭނާއަށް އިހުސާސް ކުރެވުނު ހެއްޔެވެ؟
އެ ހުރިހާ ސުވާލެއްގެ ޖަވާބެއް އަހަރެންނަކަށް ނުލިބޭނެއެވެ. ނަމަވެސް، ފިރިމީހާގެ އާއިލާއިން އަހަރެން ބާކީކޮށްލަން އުޅުނު ވަގުތު، އަހަރެންނަށް ބޭނުންވި އެންމެ މުހިންމު އެއްޗެއް އޭނާ އަހަރެންނަށް ދީފައިވެއެވެ. އެއީ އެމީހުންނަށް ދޮގު ނުކުރެވޭނެ ފަދަ ސާފު ރެކޯޑެކެވެ.
ގޭގައި، އަހަރެން އެ ސިޓީއުރަ ބާއްވާފައި އޮންނަނީ ފަހާ މޭޒުގެ ވަތްގަނޑެއްގެ ތެރޭގައެވެ. ލޯނުގެ ލިޔުންތައް ވަނީ ކޮޕީކޮށް، އެކަމަށް ހައްލެއް ހޯދާފައެވެ. ރަސީދުތައް ގުނުމުގެ ބޭނުމެއް ދެން ނެތެވެ. އޭނާގެ ސިޓީ އޮންނަނީ އޭގެ އެންމެ މަތީގައެވެ.
ބައެއް ދުވަސްދުވަހު މަސައްކަތް ބުރަވުމުން، އަހަރެން އެ ސިޓީ ނަގައި އޭގެ އެންމެ ފަހު ފޮޅުވަތްތައް ކިޔާލަމެވެ.
ދަރިފުޅަށް ގެއްލުނު ނިދި ނުވަތަ ވިއްކާލި ތަކެތި އަހަރެންނަށް އަނބުރާ ހޯދައެއް ނުދެވޭނެއެވެ. އަހަރެންނަށް ކުރެވޭނެ ކަމަކީ، ވަގުތު އޮއްވައި ހަގީގަތް ކިޔައިދިނުމެވެ. މިކަންކަން އެނގުން ލަސްވީތީ މާފުކުރާށެވެ، އަހަރެންގެ ދަރިފުޅާއެވެ.
އަހަރެން އެ ރިހި އަނގޮޓީގައި އަތްލާފައި، އަހަރެން ކައިފިންތޯ އޭނާ އަހާ ހަނދާން އާކުރަމެވެ. ދެން އަހަރެން މަސައްކަތްތައް އެއްފަރާތް ކުރަމެވެ. އަދި އެންމެ ފަހުން، ކާނާ ހޫނުކޮށް ހުއްޓާ ކެއުމަށްޓަކައި އަހަރެން އިށީންނަމެވެ.

ކިޔުންތެރިންގެ ހިޔާލު