ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ ހިލޭ ޑިގްރީ ސްކީމުގެ ދަށުން 11،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަން ފެށި ނަމަވެސް، އޭގެ ތެރެއިން ކޯސް ފުރިހަމަކޮށް ނިންމާފައިވަނީ އެންމެ 5،833 ދަރިވަރުން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފެށި "ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމަކީ" ދިވެހި ދަރިވަރުންނަށް ޓިއުޝަން ފީއާ ނުލައި މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ ޚާއްޞަ ސްކީމެކެވެ. މި ސްކީމުގައި ބައިވެރިވުމުގެ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ކުރިން އެއްވެސް ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައި ނުވުމުގެ އިތުރުން، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ލެވެލް-7 ގެ ކޯހަކަށް ވުން ހިމެނެއެވެ.
އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، އެމްކިއުއޭއާއި ކިޔަވައިދޭ މަރުކަޒުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 އާއި 2022 އާ ދެމެދު މި ސްކީމުގައި 11،641 ދަރިވަރުން ބައިވެރިވިއެވެ. ނަމަވެސް އޭގެ ތެރެއިން ކޯސް ނިންމާފައިވަނީ އެންމެ 5،833 ދަރިވަރުންނެވެ. މީގެ އިތުރުން، 18 އިންސައްތަ ދަރިވަރުން އަދިވެސް ކިޔަވަމުން އަންނައިރު، 790 ދަރިވަރުން ވަނީ ކޯސް ފުރިހަމަނުކޮށް ކިޔެވުން ހުއްޓާލާފައެވެ. އަދި 2,779 ދަރިވަރުންގެ މައުލޫމާތު ލިބިފައިނުވާތީ އެ ދަރިވަރުން ޕްރޮގްރާމް ނިންމިކަން ނުވަތަ ނޫންކަން އޮޑިޓް އޮފީހަށް ޔަގީން ކުރެވިފައެއް ނުވެއެވެ.
މިނިސްޓްރީން ދަރިވަރުންނަށް ފައިސާ ދޫކުރަނީ ކުރިއަށް އޮތް ހަ މަހަށް ނުވަތަ ސެމިސްޓާއަކަށް އެޑްވާންސްކޮށް ކަމަށްވާތީ، ފައިސާ ދައްކާ ނިންމި ހުރިހާ ދަރިވަރުންނަކީ ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ނުވުން އެކަށީގެންވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2019 އިން 2024 އާ ދެމެދު މި ސްކީމަށް ޖުމްލަ 835.7 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، 16،388 ދަރިވަރަކު މި ސްކީމުގައި ބައިވެރިވިއެވެ. މި މުއްދަތުގައި މިނިސްޓްރީއަށް ޖުމްލަ 19،265 އެޕްލިކޭޝަން ލިބިފައިވެއެވެ. ނަމަވެސް، ޕްރޮގްރާމް ފުރިހަމަކޮށް ފުރަތަމަ ޑިގްރީ ހާސިލްކުރި ދަރިވަރުން އެނގޭނެހެން އެދެވޭ ގޮތެއްގައި މައުލޫމާތު ބަލަހައްޓަމުން ގޮސްފައެއް ނުވެއެވެ. އަދި ދަރިވަރުން ކިޔެވުން ފުރިހަމަކުރޭތޯ ނުވަތަ ނޫންތޯ ބަލައި، ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނާއި، ފުރިހަމަނުކުރާ ދަރިވަރުން، ޑިފާކުރާ ދަރިވަރުން އަދި މަރުކަޒު ބަދަލުކުރާ ދަރިވަރުންގެ މައުލޫމާތު ހޯދައި ބެލެހެއްޓުމަށް ކިޔަވައިދޭ މަރުކަޒުތަކާއެކު އެކަށީގެންވާ އިންތިޒާމެއް ހަމަޖައްސާފައި ނުވާކަން އޮޑިޓުން ހާމަވެއެވެ.
މީގެ އިތުރުން، ކޯސް ފުރިހަމަނުކޮށް ކިޔެވުން ހުއްޓާލި 790 ދަރިވަރުންނަށް 19 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ ފައިސާ އަނބުރާ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ 271 ދަރިވަރަކަށް، އުސޫލާ ޚިލާފަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިފަދަ ކަންކަން ދިމާވީ ސްކީމަށް އެދޭ ދަރިވަރަކީ ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއްތޯ ބެލޭނެ މަރުކަޒީ ނިޒާމެއް ގާއިމުކޮށްފައި ނެތުމުންނެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ޕްރޮގްރާމްގެ ފީއަށް އައި ބަދަލުތަކުގެ ސަބަބުން 2019 އިން 2024 ގެ ނިޔަލަށް ދަރިވަރުންގެ އަމިއްލަ ޖީބުން 60،000 ރުފިޔާއަށްވުރެ އިތުރަށް ޚަރަދުކުރަންޖެހުނު ޕްރޮގްރާމްތަކުގެ ނިސްބަތް 15 ޕަސެންޓުން 46 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ މި ސްކީމްގެ ދަށުން ޚަރަދުކޮށް، ޕްރޮގްރާމް ފުރިހަމަ ނުކޮށް ހުއްޓާލާފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ހޭދަވެފައިވާ ފައިސާ އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ލަފާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު