އައްޑޫ ސިޓީގެ ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ޑިޒައިންކޮށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު، "ރޯޑްޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑް" އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ކޮންޓްރެކްޓަރ ކުންފުނި ކަމަށްވާ ރޯޑްޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ.
މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި އަދި ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމެވެ.
މި އެއްބަސްވުމުގެ ދަށުން، ޑީޓުއަރ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް އޮތް ސަރަޙައްދު 4 ލޭނަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި ލިންކް ރޯޑްގެ 12.3 ކިލޯމީޓަރުގެ ސަރަޙައްދު، ޒަމާނީ ފެންވަރަށް އަލުން ތަރައްޤީކޮށް ނިންމުމަށް މި މަޝްރޫޢުގައި ވަނީ އެއްބަސްވެވިފައެވެ.
މި މަޝްރޫޢު ނިމުމުން އައްޑޫ ސިޓީގެ އެތެރޭގެ ދަތުރުފަތުރަށާއި، ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު