ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން މި މަސްތެރޭގައި ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލައިފިއެވެ. މި މަޝްރޫއަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ހުޅުވާލައިގެން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ އުސޫލުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ސަރުކާރުގެ ގެޒެޓުގައި އެމް.ޕީ.އެލް އިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އުތުރުގައި ޔޮޓް ފަހަރަށް ބޭނުންވާ ޚިދުމަތްތަކުގެ އިތުރުން، މެހެމާންދާރީއާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ވަސީލަތްތައް ހިމެނޭހެން ފެންވަރު ރަނގަޅު މެރީނާއެއް ގާއިމުކުރުން ކަމަށެވެ. މި މަސައްކަތަށް ހޮވޭ ފަރާތަކީ މުޅި މަޝްރޫއުގެ މާސްޓަރ ޑިވެލޮޕަރ އަދި މެރީނާ އޮޕަރޭޓަރުގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތެވެ. ޕްރީ-ކޮލިފިކޭޝަން މަރުހަލާ ނިމުމުން، ޝަރުތު ހަމަވާ ފަރާތްތަކަށް "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" (އާރް.އެފް.ޕީ) ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ.
މި މަޝްރޫއު ހަވާލުކުރެވޭ ފަރާތުން މެރީނާގެ އޮޕަރޭޝަންތަކާއި، އުޅަނދުފަހަރު ބަނދަރުކުރުމާއި، ފެނާއި ކަރަންޓުގެ ޚިދުމަތާއި، ތެލާއި ކުނި މެނޭޖްކުރުމުގެ އިތުރުން، ފަންނީ އެހީތެރިކަމާއި ކަސްޓަމަރ ސާވިސްގެ ޚިދުމަތްތައް ދޭންޖެހޭނެއެވެ. މީގެ އިތުރުން، އެއްގަމުގައި ތަރައްގީކުރާ ހޮޓާ ނުވަތަ ބުޓީކް ރިސޯޓް، ރެސްޓޯރެންޓް، ފިހާރަ، ފަޅުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި، މޫދު ކުޅިވަރާއި ވެލްނަސް ސެންޓަރު ފަދަ ތަންތަނަށް އިންވެސްޓްކޮށް ތަރައްގީކުރުމަކީވެސް އެ ފަރާތުގެ ޒިންމާއެކެވެ.
އެމް.ޕީ.އެލް އިން ބުނީ، މެރީނާގެ އަސާސީ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރުވެސް ދަނީ ކުރަމުން ކަމަށެވެ. އޭގެ ތެރޭގައި ފަޅު ފުންކުރުމާއި، ނެރު ކެނޑުމާއި، ބޭރު ތޮށިލުމާއި، ކޮންކްރީޓް ޖެޓީއާއި ފްލޯޓިންގ ޕޮންޓޫންތައް ހެދުމުގެ އިތުރުން، އައި.އެސް.ޕީ.އެސް މިންގަނޑުތަކަށް ފެތޭ ބައިނަލްއަގުވާމީ އެންޓްރީ ފެސިލިޓީއެއް ގާއިމުކުރުން ހިމެނެއެވެ.
ދެކުނު އިރުމަތީ އޭޝިއާއާއި، މެދުއިރުމައްޗާއި، އެފްރިކާ އަދި މެޑިޓަރޭނިއަން ސަރަހައްދު ގުޅުވައިދޭ އިންޑިއާ ކަނޑުގެ ޔޮޓް ދަތުރުފަތުރުގެ މައި މަގުގައި އުލިގަން އޮތުމަކީ، މިހާރުވެސް އެ ސަރަހައްދަށް ޒިޔާރަތްކުރާ ޔޮޓްތަކުގެ ބޭނުން ހިފައި، ރަސްމީ މެރީނާ އިގްތިސާދެއް ބިނާކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެމް.ޕީ.އެލް އިން ފާހަގަކުރެއެވެ.
މި މަޝްރޫއު ހިންގުމަށް ހުށަހެޅިދާނެ ވިޔަފާރި މޮޑެލްތަކުގެ ތެރޭގައި، ތަރައްގީކުރުމުގެ ޝަރުތުތަކާއެކު ދިގު މުއްދަތަށް ކުއްޔަށް ދިނުން ނުވަތަ "ބިލްޑް-ޓްރާންސްފަރ-އޮޕަރޭޓް" (ބީ.ޓީ.އޯ) ނުވަތަ "ބިލްޑް-އޮޕަރޭޓް-ޓްރާންސްފަރ" (ބީ.އޯ.ޓީ) އުސޫލުން ކޮންސެޝަން އެގްރީމަންޓެއްގެ ދަށުން ހިންގުން ހިމެނެއެވެ.
އީ.އޯ.އައި ހުށަހެޅުމުގެ ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް ހުޅުވާލާފައިވާއިރު، ކުރިމަތިލާ ފަރާތްތަކުން ވޭތުވެދިޔަ ތިން އަހަރުގެ އޮޑިޓް ކުރެވިފައިވާ މާލީ ބަޔާންތަކާއި، މާލީ ގާބިލުކަން ސާބިތުކޮށްދޭ ބޭންކް ރެފަރެންސް ސިޓީ ހުށަހަޅަންޖެހެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ސުވާލު ހުށަހެޅުމުގެ ސުންގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. އަދި އީ.އޯ.އައި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
މިއީ މި މަސްތެރޭގައި މެރީނާ މަޝްރޫއަކަށް އެމް.ޕީ.އެލް އިން އީ.އޯ.އައި އަށް ދައުވަތު ދިން ދެވަނަ ފަހަރެވެ. މީގެ ކުރިން ސެޕްޓެމްބަރު 9 ގައި ވެސް ވަނީ މެރީނާ މަޝްރޫއަކަށް އީ.އޯ.އައި ހުށަހެޅުމަށް ހުޅުވާލައި، ސެޕްޓެމްބަރު 12 އަށް ސުންގަޑި ހަމަވާގޮތަށް ފުރުސަތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު