މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ގަތުމުގެ މުޢާމަލާތްތަކުގެ ތެރެއިން ބޮޑު ޚިޔާނާތެއް ހިންގި މައްސަލައިގައި ކުރީގެ ޗީފް މެނޭޖަރު، ސ. ފޭދޫ، ވާރުގެ، މުޙައްމަދު އައިމަން 8 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، މި މައްސަލައަކީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްއާއި، މުޙައްމަދު އައިމަން އިތުރު ބަޔަކާ ގުޅިގެން ހިންގާފައިވާ ޚިޔާނާތުގެ މައްސަލައެއް ކަމަށެވެ. މި މައްސަލައިގެ ޝަރީޢަތް ނިންމައި ކޯޓުން ޙުކުމް އިއްވާފައިވަނީ 29 އޮކްޓޫބަރު 2026 ގައެވެ. މި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ 25 ފެބުރުވަރީ 2024 ގައެވެ.
މި މައްސަލައިގައި އައިމަންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ، އޭނާ 2019 ވަނަ އަހަރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޗީފް މެނޭޖަރުގެ މަޤާމުގައި ހުރެ، އެ ކުންފުންޏަށް އެފްއެސްއެމް އިން ތެޔޮ ގަތުމުގައި ބޮޑު ޖަރީމާއެއް ހިންގާފައިވަތީ ކަމަށް ޕީޖީން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް، އެމްޕީއެލްއަށް ލިބިފައިނުވާ ތެޔޮ ލިބުނު ކަމަށް ދައްކައި، 119 ޑެލިވަރީ ނޯޓެއް ބަލައިގަނެ އޭގައި ސޮއިކުރުމަށް ސ. މަރަދޫ، އާޒާދުގެ، ޙަސަންދީދީއަށް އައިމަން ވަނީ އިރުޝާދު ދީފައެވެ.
މި ޑެލިވަރީ ނޯޓުތައް ސިސްޓަމަށް އަޅައި ޕްރޮސެސްކޮށް، އެމްޕީއެލްއަށް ލިބިފައިނުވާ ޖުމްލަ 783،100 (ހަތްލައްކަ އަށްޑިހަ ތިން ހާސް އެއް ސަތޭކަ) ލީޓަރުގެ ޑީސަލް ލިބުނު ކަމަށް ވަނީ ދައްކުވާފައެވެ. އަދި އެ ތެލުގެ އަގަށްވާ ޖުމްލަ 6،799،800 (ހަ މިލިއަން ހަތް ލައްކަ ނުވަދިހަ ނުވަހާސް އަށް ސަތޭކަ) ރުފިޔާ އެފްއެސްއެމްއަށް ދައްކައި، އެ ފައިސާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ.
މި މައްސަލައާ ގުޅިގެން އައިމަންގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން ކުރި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވެ، އޭނާ 8 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ޙުކުމްކޮށްފައެވެ. މީގެއިތުރުން، ޚިޔާނާތްތެރިވި ފައިސާ ކަމަށްވާ 6،799،800 ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހަމައެއާއެކު، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ރަސްމީ ލިޔުމެއް އޮޅުވާލުމުގެ ކުށުގެ ދަޢުވާވެސް އައިމަންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 9 މަހާއި 18 ދުވަހަށް އޭނާ ޖަލަށް ލުމަށްވެސް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.
އައިމަންގެ އިތުރުން މި މައްސަލައިގައި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށް ކުށް ސާބިތުވެ، 8 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމާއެކު 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށްވެސް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. މި މައްސަލައިގައި ދައުލަތުން ސޮޖިބްގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާތައް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުންނެވެ.
ޕީޖީ އޮފީހުން ބުނީ، މި ޚިޔާނާތް ހިންގާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އެގޮތުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބައުޒަރު ޑްރައިވަރެއްގެ މަޤާމުގައި ހުރި ސޮޖިބް، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް އެމްޕީއެލްއަށް ތެޔޮ ޑެލިވަރ ކުރުމުގެ މުޢާމަލާތްތަކުގައި ބައިވެރިވެފައިވެއެވެ. އަދި އެ މުއްދަތުގައި އެމްޕީއެލްއަށް ތެޔޮ ޑެލިވަރކުރި ކަމަށް ދެއްކުމަށްޓަކައި ޞައްޙަނޫން 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް ސޮއިކޮށްފައިވެއެވެ.
މީގެއިތުރުން، މި ޑެލިވަރީ ނޯޓުތަކުގައި ބަޔާންކޮށްފައިވާ ޑީސަލް އެމްޕީއެލްއަށް ޑެލިވަރ ކޮށްފައިވާކަމަށް ދެއްކުމަށްޓަކައި، އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުރި ސ. މަރަދޫ، އާޒާދުގެ، ޙަސަންދީދީއާ އެ ލިޔުންތައް ހަވާލުކޮށް، އެފްއެސްއެމް އިން އެމްޕީއެލްއަށް ފޮނުވަންޖެހޭ ޖުމްލަ 783،100 (ހަތްލައްކަ އަށްޑިހަ ތިންހާސް އެއްސަތޭކަ) ލީޓަރުގެ ޑީސަލަށް ސޮޖިބް ވަނީ ޚިޔާނާތްތެރިވެފައެވެ.
މި މައްސަލަ ޝަރީޢަތުން ބެލުމަށްފަހު، ސޮޖިބްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޚިޔާނާތުގެ ކުށަށް 8 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދި ޚިޔާނާތްތެރިވި 783،100 ލީޓަރުގެ ޑީސަލަށްވާ އަގު ކަމަށްވާ -/6،799،800 (ހަ މިލިއަން ހަތް ލައްކަ ނުވަދިހަ ނުވަހާސް އަށް ސަތޭކަ) ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފައެވެ. މީގެއިތުރުން، ޞައްޙަނޫން ލިޔުން އުފެއްދި ކުށުގެ އަދަބެއްގެ ގޮތުން އޭނާގެ މައްޗަށް ވަނީ 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއްވެސް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު