މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސާޗް ފަންޑުގެ ދަށުން މި އަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ޚާއްސަ ހިލޭ އެހީއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
ޖުމްލަ 5 މިލިއަން ރުފިޔާގެ ބަޖެޓަކާ އެކު ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ޢިލްމީ ދިރާސާތައް ފުޅާކުރުމުގެ މަޤްޞަދުގައި ހުޅުވާލި ފުރުޞަތެކެވެ.
މި ރިސާޗް ފަންޑަކީ ޢިލްމީ ހެކިތަކުގެ އަލީގައި ދައުލަތުގެ ސިޔާސަތުތައް އެކަށައެޅުމަށް ބާރުއެޅުމަށާއި، ޤައުމުގެ އިޤްތިޞާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް މަގުފަހިކޮށްދޭނެ ފެންވަރު ރަނގަޅު ދިރާސާތަކަށް ޖާގަދިނުމުގެ ގޮތުން ޤާއިމުކޮށްފައިވާ ފަންޑެކެވެ. މި އަހަރުގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ އިންޑިޕެންޑެންޓް ރިސާޗް އެހީ އަދި މުހިންމު މައުޟޫޢުތަކަށް ފޮތް ލިޔުމަށް ދެވޭ އެހީއެވެ.
އެމްއެމްއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދިރާސާވެރިންނަށާއި، ތަޢުލީމީ މުއައްސަސާތަކުގެ ދަރިވަރުންނާއި އެކަޑެމިކް ފަރާތްތަކުގެ އިތުރުން ސިޔާސަތުތައް ދިރާސާކުރާ ތިންކް ޓޭންކުތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް، ދިރާސާ ކުރިއަށްގެންދާ ޓީމުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން، ޓީމު ލީޑުކުރާ އިސް ފަރާތަކީ މަދުވެގެން މާސްޓާސް ޑިގްރީ ފެންވަރުގެ ސަނަދެއް އޮތް ފަރާތަކަށް ވާންޖެހެއެވެ. އަދި ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޢިލްމީ ބޭފުޅުން މި ރިސާޗް ފަންޑަށް ކުރިމަތިލެއްވުމަށް އެ އޮތޯރިޓީން ޚާއްސަ އިސްކަމެއް ދީގެން ބާރުއަޅައެވެ.
މި އެހީ ހަމަޖެއްސުމުގައި އިސްކަންދޭނެ ދާއިރާތަކުގެ ތެރޭގައި މަނިޓަރީ ސިޔާސަތާއި އިޤްތިޞާދީ ހަމަޖެހުން، މާލީ ދާއިރާގެ ވިލުންވެރިކަން، މެކްރޯ-އިކޮނޮމިކްސް، ބޭންކިން، އަދި އިސްލާމީ މާލިއްޔަތު (އިސްލާމިކް ފައިނޭންސް) ހިމެނެއެވެ. މީގެ އިތުރުން ޑިޖިޓަލައިޒޭޝަނާއި ފިންޓެކް، ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިޤްތިޞާދު، ވަޒީފާގެ ބާޒާރު، ތަޢުލީމީ ދާއިރާ، ބޯހިޔާވަހިކަމާއި އާބަން ޑިވެލޮޕްމަންޓް، އަދި ޞިއްޙީ ދާއިރާއާއި ދައުލަތުގެ ޚަރަދުތަކާ ގުޅުންހުރި މުހިންމު ދާއިރާތަކަށް އިސްކަންދެވޭނެއެވެ. އަދި މި ނޫންވެސް ޤައުމަށް ފައިދާހުރި އެހެނިހެން ދާއިރާތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ރިސާޗް ގްރާންޓުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމުގައި ޢިލްމީ ހޯދުންތަކުގެ ބޭނުން ހިފުމާއި، ދިރާސާކުރުމުގެ މާހައުލެއް ޤާއިމުކުރުމެވެ.
މި އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 13 ވަނަ ދުވަހެވެ. މި އެހީއަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އެމްއެމްއޭގެ ރިސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު