ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވެގެން ފަރުވާދެމުން ދިޔަ 39 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:20 ހާއިރުއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގީ ފުލިދޫ ޕޮލިސް ސްޓޭޝަނާއި ވ. އަތޮޅު މަދަރުސާ ގުޅިގެން އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ހިންގި މޫދު ކުލާހެއްގެ ތެރެއިންނެވެ.
އެ އަންހެން މީހާ ނޭވާލާން އުނދަގޫވާކަމަށް ބުނެފައިވަނީ ކުލާހުގެ "ވޯޓާ ބްރޭކް" ވަގުތު އެއްގަމަށް އަރަން އުޅުމުގެ ތެރޭގައެވެ.
އެއާއެކު، އޭނާ ވަގުތުން ރަށު ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދޭން ފެށިއެވެ. ނަމަވެސް، ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި 18:14 ހާއިރު އޭނާ ވަނީ ނިޔާވެފައެވެ.
ނިޔާވި އަންހެން މީހާގެ ހަށިގަނޑު މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު