މާލޭގެ މަޖީދީމަގު ހީނާމާގެ ޕާކިންގ ސަރަޙައްދު ކައިރީގައި ހުންނަ މަސްޖިދުއްސުލްޠާން ޢާދިލް (ޢާދިލް މިސްކިތް) ތަޅާލައި، އެ ބިމުގައި ޒަމާނީ ފެންވަރުގެ އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާޒިޔާ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއެކުގައެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރާ މިސްކިތަކީ ޓެރަހާއެކު ދެ ފަންގިފިލާއަށް އިމާރާތްކުރެވޭ، އެއްފަހަރާ 390 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ތަނަވަސް މިސްކިތެކެވެ. އެގޮތުން މިސްކިތުގެ ގްރައުންޑް ފްލޯގައި 76 މީހުންގެ ޖާގަ ހިމެނޭއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި 157 މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ޢާދިލް މިސްކިތަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަޙައްދުގައި ހުންނަ މިސްކިތަކަށް ވާތީ، ޚާއްޞަކޮށް ހުކުރު ދުވަސްދުވަހާއި ރަމަޟާން މަހުގެ ވަގުތުތަކުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާ މިސްކިތެކެވެ. ޖާގަ ކުޑަވުމުގެ ސަބަބުން ގިނަ ފަހަރަށް ނަމާދުގެ ސަފުތައް މަގުމައްޗަށް އަރައިގެންދާ މައްސަލައަށް މި އައު އިމާރާތާއެކު ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ވެރިރަށް މާލޭގައި ހުރި ޖާގަކުޑަ އަދި ބައު މިސްކިތްތައް އަލުން ތަރައްޤީކޮށް، ގިނަ އަދަދެއްގެ މީހުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރެވޭނެ ޒަމާނީ ފުރިހަމަ މިސްކިތްތަކަކަށް ބަދަލުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު