ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ޚާއްޞަ ސިޔާސަތުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައު ގޮތްޕެއް ލ. މާވަށުގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
މާވަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ގޮފި ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންނާއި، މާވަށު ކައުންސިލްގެ ރައީސާއި މެންބަރުންގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުގެ ތެރެއިން، މާވަށު ގޮފީގައި ޤުރްއާން ކްލާސްތައް ރަސްމީކޮށް ފަށައި، އެ ކްލާސްތަކުގައި އެންރޯލްވި ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނާ އިސްލާމިކް މިނިސްޓްރީގެ ވަފުދުން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޤުރްއާން އުނގެނުމުގެ މުހިންމުކަމާއި، ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނެ އިންތިޒާމުތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެވުނެވެ.
މީގެއިތުރުން، މި މަރުކަޒުން ހިންގާ ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި އުޞޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި މާވަށު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއެކު މުހިންމު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ. މި މަޝްވަރާތަކުގައި ގޮފީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، ކުރިމަތިވެދާނެ ގޮންޖެހުންތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެވިފައެވެ.
މާވަށުގައި މިފަދަ މަރުކަޒެއް ޤާއިމުކުރުމަކީ، ޤުރްއާނުގެ ތަޢުލީމު ވެރިރަށް މާލެއަށް އެކަނި ބަރޯސާނުވެ، މުޅި ރާއްޖެއަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން އެ ރަށާއި ކައިރި ސަރަޙައްދުތަކުގެ ކުދިންނަށް ރަށުގައި ތިބެގެން ތަޖުވީދުގެ ހަމަތަކާއެކު ޤުރްއާން ކިޔަވަން ދަސްކުރުމާއި، ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ އިސްލާމީ ތަރުބިއްޔަތު ވަރުގަދަކުރުމުގެ ސިޔާސަތުގެ ދަށުން، ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށާއި، ޙާފިޡުން އުފެއްދުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން އަންނަން އޮތް ޖީލުތަކަކީ ޤުރްއާނުގެ މަތިވެރި ތަޢުލީމުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހެދުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އިތުރު ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު