މަކަރާއި ހީލަތުން އާންމުންގެ އަތުން ފޭރިގެންފައިވާ ފައިސާތަކެއް ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، މިދިޔަ ހަފުތާގެ ތެރޭގައި 1.5 ލައްކައަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައި، އަނިޔާ ލިބުނު ފަރާތްތަކަށް ރައްދުކޮށްދީފިއެވެ.
މިއީ މި ހިނގާ މަހުގެ 13 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ޖުމްލަ ފައިސާގެ 42.23 އިންސައްތައެވެ.
ފުލުހުންގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި ސްކޭމްގެ 38 މައްސަލައެއް ހުށަހެޅިއިރު، އެ މައްސަލަތަކުގައި ޖުމްލަ 358,231.71 (ތިން ލައްކަ ފަންސާސް އަށްހާސް ދުއިސައްތަ ތިރީސް އެއް ރުފިޔާ ހަތްދިހަ އެއް ލާރި) ވަނީ ގެއްލިފައެވެ. މިއީ ދުވާލަކު އެވްރެޖުކޮށް ފަސް މައްސަލައެވެ. ނަމަވެސް، ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތަކާ ގުޅިގެން ފުލުހުން ހިންގި މަސައްކަތުން، އޭގެ ތެރެއިން 151,263.63 (އެއްލައްކަ ފަންސާސް އެއްހާސް ދުއިސައްތަ ފަސްދޮޅަސް ތިން ރުފިޔާ ފަސްދޮޅަސް ތިން ލާރި) ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދިފައެވެ.
މި މުއްދަތުގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އިންޓަނެޓް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްގެ 15 މައްސަލައެވެ. މީގެ އިތުރުން، ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގި 10 މައްސަލައަކާއި، ބުކިންގ ކެންސަލް އަދި ރިފަންޑާ ގުޅޭ 4 މައްސަލައެއްގެ އިތުރުން، ފައިދާ ދޭނެކަމަށް ބުނެ ހިންގި އިންވެސްޓްމަންޓް ސްކޭމެއް ހިމެނެއެވެ. އަދި އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 6 މައްސަލައެއްވެސް ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، މިފަދަ ސްކޭމްތަކުގެ ބޮޑުބައެއް ހިންގަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް، ހާއްސަކޮށް ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށެވެ.
އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، ކުރިއާލާ ފައިސާ ނުދައްކައި "ކޭޝް އޮން ޑެލިވަރީ" ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން، ބޭރު ފައިސާ މާރުކުރުމުގައި ރަސްމީ ބޭންކުތަކާއި ހުއްދަ އޮންނަ މަނީ އެކްސްޗޭންޖުތައް ބޭނުންކުރުމަށާއި، ދަންނަ މީހެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖު ލިބުނަސް ފައިސާ ފޮނުވުމުގެ ކުރިން އެމީހަކަށް ގުޅައިގެން ޔަގީންކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު