ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި އޮޔާގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ދެ ތެޔޮ ބޯޓުގެ މައްސަލައިގައި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިހުމާލެއް ނުވަތަ ޤާނޫނާ ޚިލާފު ޢަމަލެއް ހިނގާފައިވޭތޯ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ރަސްމީ ތަޙުޤީޤެއް ފަށައިފިއެވެ.
މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން އެންއައިސީން ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާތަކުގައި ދައުރުވަމުންދާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް އެ ދެ އުޅަނދާ ގުޅޭގޮތުން އެ މުއައްސަސާއިން ކަންކަން ކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް އަމިއްލަ އިސްނެގުމުގައި ތަހުގީގެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ޢާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި ދެ އުޅަނދަކީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤާނޫނާ ޚިލާފަށް އެތެރެވުމުން، މެއި މަހުގެ 3 ވަނަ ދުވަހު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ ބޯޓެވެ. ނަމަވެސް، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން އަޅާފައި އޮތް ދެ ބޯޓު ނަގަލިތައް ކަހައިގެން ގޮސް، ބްރިޖުގެ ތަނބެއްގައި ޖެހި ބޮޑެތި ބިރުވެރިކަމެއް ވަނީ އުފެދިފައެވެ.
މި ހާދިސާއާ ގުޅިގެން ބްރިޖަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީން ކުރި އިންސްޕެކްޝަނުން ބްރިޖުގެ މައި އޮނިގަނޑަށް (ސްޓްރަކްޗަރއަށް) އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި، ފެންނަން ހުރީ ކުދިކުދި ކޫރުންތަކެއް އެކަނި ކަމަށެވެ.
މި މައްސަލައިގައި ކަސްޓަމްސްއިން ބުނެފައިވަނީ އެ ދެ ބޯޓު 600،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި، ބޯޓުތައް އޮޔާދިޔައީ މޫސުމީ ޙާލަތުގެ ސަބަބުން ދިމާވި ޤުދުރަތީ ޙާދިސާއަކުން ކަމަށްވާތީ އެކަމުގައި އެ އިދާރާގެ އިހުމާލެއް ނެތް ކަމަށެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، ބްރިޖު ދަށުން އޮޔާ ދިޔަ އެ ދެ ބޯޓު ވަނީ ރާއްޖޭގެ ސަރަޙައްދުން ބޭރަށް، ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފައެވެ. އަދި އެ ބޯޓުތަކުގައި ތިބި އިންޑިއާއަށް ނިސްބަތްވާ 20 ފަޅުވެރިން މިހާރު ތިބީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު