ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް މީސްމީޑިއާގައި ވާހަކަ ނުފެތުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ޤާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު، ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް މީސްމީޑިއާގެ އެކި މަންސަތަކުގައި ވާހަކަތައް ދައުރުވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެންއައިސީގެ ބަޔާނުގައި ބުނެފައިވަނީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަކީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަމުންގެންދާ ނުހަނު އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން، އެފަދަ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ކަންކަން ނުކުރުމަށާއި، ޤާނޫނުތައް ތަންފީޛުކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފަކު ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއް ހިންގާކަމަށް ތުހުމަތު ކުރެވޭނަމަ، އެ މައްސަލައެއް ހުށަހެޅުމުގެ ފުރުޞަތު އޮތްކަންވެސް އެންއައިސީން ހަނދާންކޮށްދިނެވެ. އެގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެފަދަ ޝަކުވާތައް ތަޙްޤީޤުކުރުމަކީ އެ ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތެކެވެ.
"ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ޤާނޫނާއި ގަވާއިދާއި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފު ޢަމަލެއް ކުރާކަމަށް ތުހުމަތު ކުރެވޭ ޙާލަތުގައި، އެ ޝަކުވާ، ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކޮމިޝަނަށް ހުށަހެޅުމަށް އިލްތިމާސްކުރަން." އެންއައިސީގެ ބަޔާނުގައި ވެއެވެ.
ހަމައެއާއެކު، ތަންފީޛީ އިދާރާތަކުގެ މުވައްޒަފުންވެސް އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޤާނޫނީ އިމުގެ ތެރޭގައި ސާބިތުވެ ތިބުމަށް އެ ކޮމިޝަނުން ވަނީ ނަޞޭޙަތްތެރިވެފައެވެ.
އެންއައިސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ކަސްޓަމްސްގެ އޮފިސަރަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރި ޢަމަލެއްގެ ވާހަކަތައް މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު