މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާނުގައި، ހުޅުމާލޭގައި ޚާއްޞަ މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އެ ވުޒާރާގެ ފަރާތުން ސޮއި ކޮށްފައިވަނީ "ޚިދުމަތް" ޖަމްޢިއްޔާއާ އެކުގައެވެ. މި މަޝްރޫޢުގެ ދަށުން މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރެވޭ މި މިސްކިތް ވެގެންދާނީ ހަމައެކަނި ނަމާދުކުރާ ތަނަކަށް ނޫން ކަމަށެވެ. އެގޮތުން މި މިސްކިތް ބިނާކުރެވިގެންދާނީ އިސްލާމީ ޢިލްމުގެ މުއްސަނދި ލައިބްރަރީއަކާއި، ޤުރުއާން ކިޔަވައިދެވޭނެ ޒަމާނީ ފެންވަރުގެ ކްލާސްރޫމްތަކާއެކު، މަރުޙޫމް ޝައިޚް ފަރީދު ދީނަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި މަސައްކަތްޕުޅުތައް ދިރުވައި އާލާކުރާނެ މަރުކަޒެއްގެ ގޮތުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝައިޚް ފަރީދުގެ ހަނދާނުގައި މީގެކުރިން ބަންގްލަދޭޝްގައިވެސް ވަނީ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް ބިނާކޮށްފައެވެ.
އަލްމަރުޙޫމް ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކުރުވުމަށާއި، ވަކިން ޚާއްޞަކޮށް މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާގެ މާތް ސުންނަތަށް މީހުން އަހުލުވެރިކުރުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ ދަރުސްތައް ދެއްވައި، އަގުނުކުރެވޭފަދަ މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ޢިލްމުވެރިއެކެވެ.
ޢުމުރުފުޅުން 53 އަހަރުގައި ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އެމަނިކުފާނު އަވަހާރަވީ ދީނީ ދަޢުވަތުގެ މުހިންމު މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން، އެ ޤައުމުގެ ކުއާލަލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު