ދައްކަންޖެހޭ ޓެކްސް ފައިސާ ނުދައްކައިވާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.
މީރާއިން އާންމުކުރި މި ލިސްޓުގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ.
މީރާއިން ހާމަކުރި ނަންތަކުގެ ތެރޭގައި މަޝްހޫރު އަމިއްލަ ބައެއް ކުންފުނިތަކުގެ އިތުރުން، ހިޔާނާތުގެ މައްސަލައެއްގައި 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ވެސް ހިމެނެއެވެ.
އެ އޮތޯރިޓީން މަޢުލޫމާތު ދޭ ގޮތުގައި، މި ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފައިވަނީ "ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ދަށުންނެވެ.
އަދި ނަންތައް އާންމުކުރުމުގެ ކުރިން ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް އެ ފަރާތްތަކަށް މައުލޫމާތު ދީ، ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އަޅާނެ ފިޔަވަޅުތައް ސާފުކޮށްދީފައިވާނެ ކަމަށް މީރާއިން ބުންޏެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއް ނެތި އަޅަމުންދާނެކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން، ޓެކްސް ބަޔާން ހުށަނާޅައިވާ ފަރާތްތަކުން ލަސްނުކޮށް ބަޔާންތައް ހުށަހެޅުމަށާއި، ޓެކްސް ނުދައްކާ ހުރި ފަރާތްތަކުން އަވަހަށް ފައިސާ ދައްކައި ނިންމުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީރާއިން އިތުރަށް ބުނެފައިވަނީ، ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މިދިޔަ މަހު އެކަނިވެސް 497 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.
މީރާއިން އާންމުކުރި ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކުގެ ތެރޭގައި އަބްދުއްރައްޒާގު އަލީ، އަހްމަދު އަސްލަމް، ހުސެއިން ސާމީ، އިމާދް އަބްދުއްސަމަދު، އިސްމާއީލް ޔޫސުފްގެ އިތުރުން އޭކޭޑީއޭ އިންޖިނިއާސް، އާރްގީލް، ބީއެމްސީ ސްލިޕްވޭ، ބުލޫ ޒިންގް، ބިޒްނަސް އިމޭޖް ގްރޫޕް (ބިގް)، ސިބޯ އިންވެސްޓްމެންޓް، އެމްއޭޓީ މާލްޑިވްސް، މެދުފުށި އިންވެސްޓްމެންޓް، ސަން ސްޕޯޓިންގ ހޮލިޑޭސް، ޓޫ ބްރަދާސް، އަދި ޔުނި އިންޖިނިއަރިންގ ފަދަ އަމިއްލަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު