ޝަފްނީޒް-- ފޮޓޯ/ މީރާ
ޝަފްނީޒް-- ފޮޓޯ/ މީރާ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ސ. ހުޅުދޫ ބަގީޗާގޭ އަހްމަދު ޝަފްނީޒް އައްޔަނުކޮށްފިއެވެ.

މިރާއިން ސޯޝަލް މީޑިއާގައި މިއަދު ވަނީ ޝަފްނީޒް އެ މަގާމަށް އައްޔަނުކުރިކަން ހާމަކޮށް މަރުހަބާކިޔައި ޕޯސްޓެއްކޮށްފައެވެ.

މި މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ފޮނުއްވެވިއެވެ. އެއީ ސ. ހުޅުދޫ ބަގީޗާގޭ އަހްމަދު ޝަފްނީޒް، ވ. މިއަރެސް އަހުމަދު މައުސޫމް އަދި ކ. ދިއްފުށި ކަނދުގަސްދޮށުގެ މަރިޔަމް ޖައިދާ އެވެ.

މި މައްސަލަ ދިރާސާކުރުމުގެ ތެރެއިން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ އެ ތިން ބޭފުޅުންނާ އިންޓަވިއުކޮށް، ކޮމިޓީ މެންބަރުން މާކްސް ދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން 75 ޕަސެންޓް މަތިން މާކްސް ލިބުނީ 96.20 ޕަސެންޓް މާކްސް ލިބުނު އަހްމަދު ޝަފްނީޒް އަށެވެ.

އެހެންކަމުން، އިގްތިސާދީ ކޮމިޓީން ވަނީ މި މަގާމަށް ޝަފްނީޒް އައްޔަންކުރަން ފާސްކޮށް، ފަހުން މަޖިލީހުގެ ތަޅުމުން ރުހުންދިނީ ޝަފްނީޒްއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް