މި އަހަރުގެ ފާއިތުވި 8 މަސް ދުވަހުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 499 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށް ހިމަނާފައިވާ 373 މިލިޔަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 28.7 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް 1.69 ބިލިޔަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 20.61 ބިލިޔަން ރުފިޔާއިން 22.35 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
ޚަރަދުތަކަށް ބަލާއިރު، މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 30.86 ބިލިއަން ރުފިޔާގައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 26.98 ބިލިޔަން ރުފިޔާއަށް ވަނީ އުފުލިފައެވެ. އަދި ކެޕިޓަލް ޚަރަދު ވަނީ 3.88 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ.
މާލީ ރިޕޯޓުގައި ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން މިހާރު ދައްކަނީ 2.13 ބިލިޔަން ރުފިޔާގެ ޑެފިސިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު