ދިވެހިރާއްޖޭގެ މާލީ އަދި ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދާއިރާގެ ކުރިއެރުމަށް މަޝްވަރާކުރުމުގެ މަޤްޞަދުގައި ބާއްވާ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް (އެމްއޭއެފް) 2026" ފަށައިފިއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވަމުން އަންނަ މި ފޯރަމް މިއަހަރު ކުރިއަށްދަނީ ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓެލްގައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމަކީ ރާއްޖޭގެ އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާގެ ފަންނީ ތަޖުރިބާ މުއްސަނދިކޮށް، ދާއިރާގެ މަސައްކަތްތެރިންގެ މެދުގައި ޢިލްމު ބަދަލުކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މުހިންމު ހަރަކާތެކެވެ. މީގެއިތުރުން ފަންނީ ފެންވަރު (ޕްރޮފެޝަނަލް އެކްސެލެންސް) މަތިކުރުމަށާއި، އަޚްލާޤީ ހަމަތަކަށް އިސްކަންދީގެން ޚިދުމަތް ދިނުމަށް މި ފޯރަމްގެ ތެރެއިން ބާރުއަޅައެވެ. މިއަހަރުގެ ފޯރަމުގައި ރާއްޖޭގެ އެކައުންޓަންޓުންނާއި، ވިޔަފާރި އަދި މާލީ ދާއިރާގެ އިސްވެރިންގެ އިތުރުން ސިޔާސަތު އެކުލަވައިލާ ފަރާތްތައް ހިމެނޭހެން 400 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ފޯރަމް އިފްތިތާޙު ކުރުމުގެ ގޮތުން ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ ވިދާޅުވީ، މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ މިހާރު ހަމައެކަނި އެކައުންޓަންޓުން އެއްތަނަކުން ބައްދަލުވާ އާދައިގެ އެއްވުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މާލީ މާހިރުންނާއި، އިންވެސްޓަރުންނާއި، ރެގިއުލޭޓަރުން އަދި ތަޢުލީމީ ދާއިރާގެ މުހިންމު ބައިވެރިން ޝާމިލުވާ ޤައުމީ ފެންވަރުގެ ވަރަށް ފުޅާ ޕްލެޓްފޯމަކަށް މި ހަރަކާތް ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފޯރަމްގައި އިޤްތިޞާދީ މައްސަލަތަކަށް ފުޅާ ދާއިރާއެއްގައި ބަހުސްކުރާ ސަބަބު ބަޔާންކޮށްދެއްވަމުން ޙަލީމް ވިދާޅުވީ، އައިއެފްއާރްއެސް، އައިއެސްއޭ އަދި ޓެކްސް ފަދަ ފަންނީ ކަންކަމަށް ޚާއްޞަކޮށްގެން ސީޕީޑީ ޕްރޮގްރާމްތަކާއި ވަކި ޓެކްނިކަލް ފޯރަމްތައް ސީއޭ މޯލްޑިވްސްއިން އަބަދުވެސް ހިންގަމުން އަންނަ ކަމަށެވެ. އަދި މިފޯރަމަކީ އެ އިދާރާގެ މައި ހަރަކާތަށް ވާތީ، ޤައުމުގެ އިޤުތިޞާދީ، މާލީ އަދި ޓެކްނޮލޮޖީއާ ގުޅުންހުރި ބޮޑެތި މައްސަލަތަކަށް މަޝްވަރާކޮށް ހައްލު ހޯދުމަށް ފުރުޞަތު ހުޅުވާލުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
"ނެވިގޭޓިންގ ޗޭންޖް، ބިލްޑިންގ ރެޒިލިއެންސް" ގެ ޝިޢާރުގެ ދަށުން ކުރިއަށްދާ މިއަހަރުގެ ފޯރަމްގެ މައިގަނޑު އަމާޒަކީ ބަދަލުވަމުންދާ މާޙައުލުގައި ކުންފުނިތަކާއި މުއައްސަސާތަކުގެ މާލީ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީވުން އިތުރުކުރުމެވެ. މި ދެ ދުވަހުގެ ތެރޭގައި މާލީ ދާއިރާއާ ގުޅުންހުރި 12 މައުޟޫޢަކަށް ކީނޯޓް
ސްޕީޗްތަކާއި، ޕްރެޒެންޓޭޝަން އަދި ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
އޭގެ ތެރޭގައި ރާއްޖެއަށް ލިބޭ ސީދާ ބޭރުގެ އިންވެސްޓްމަންޓްތަކުގެ (އެފްޑީއައި) އަސަރާއި، ދަޢުލަތުގެ ދަރަންޏާއި ބަޖެޓް ޑެފިސިޓް މެނޭޖްކުރުމުގެ އިތުރުން ސްރީލަންކާގެ އިޤުތިޞާދީ ކާރިސާއިން ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބަހުސްކުރުން ހިމެނެއެވެ. އަދި ރަސްމާލޭގައި ކުރިއަށްގެންދާ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ މަޝްރޫޢުގެ ކޭސް ސްޓަޑީއަކަށްވެސް ބަލައިލާނެއެވެ.
މީގެ އިތުރުން ސަސްޓެއިނަބިލިޓީ ރިޕޯޓިންގއަށް އަމާޒުކޮށް އައިއެފްއާރްއެސް އެސް1 އަދި އެސް2 ތަންފީޒުކުރުމާއި، ސައިބަރ ރައްކާތެރިކަމާއި، ފިންޓެކް އަދި ޑިޖިޓަލް ޕޭމަންޓްތަކަށް ހުރި ހުރަސްތަކާ ބެހޭގޮތުންވެސް ފޯރަމުގައި އަލިއަޅުވާލާނެއެވެ. ހަމައެއާއެކު ދަޢުލަތުގެ ވިޔަފާރި ކުންފުނިތައް (އެސްއޯއީ) ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުތަކާއި، އިންޓަރނަލް އޮޑިޓް ޒަމާނީ ކުރުމުގެ އިތުރުން މަނީ ލޯންޑްރިންގއާ ދެކޮޅަށް އެކައުންޓަންޓުން އަދާކުރަންޖެހޭ ދައުރަށް އަހުލުވެރިކުރުމުގެ މުހިންމު ސެޝަންތަކެއް މި ފޯރަމްގެ ތެރެއިން ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު