ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުން ގެންދިޔަ ދިވެހި ދަރިވަރަކު ދަތުރުކުރި ތަމްރީނު ފްލައިޓެއް ވެއްޓި، އޭނާއަށް ބޮޑެތި އަނިޔާތަކެއްވެއްޖެއެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ "ލަ ރިއޯޖާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި 27 އަހަރުގެ ދިވެހި ދަރިވަރުގެ ބޮލަށް އަނިޔާވުމުގެ އިތުރުން ފައިގެ ކަށިގަނޑާއި ތަނބިކަށި ވަނީ ބިންދައިގެން ގޮސްފައެވެ. މީގެއިތުރުން، އޭނާއާއެކު ބޯޓުގައި އިން 26 އަހަރުގެ ފްލައިޓް އިންސްޓްރަކްޓަރުގެ ބޮލަށާއި ކަނދުރާއަށްވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ އަގޮންސިއޯ އެއާޕޯޓުގައި "ޓަޗް އެންޑް ގޯ" ތަމްރީނުތަކެއް ކުރިއަށްގެންދަނިކޮށެވެ. "ފްލައިބައި" ޕައިލެޓް ސްކޫލްގެ "ޓެކްނަމް 2006" މޮޑެލްގެ ދެ އިންޖީނުީ މި މަތިންދާބޯޓު ވެއްޓުނީ 300 އެއްހާ ފޫޓު މަތިން، ވިއާނާގެ "އުލާގޯސާ" ނަމަކަށް ކިޔާ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށެވެ.
މީޑިޔާ ރިޕޯޓް ތައް ބުނާގޮތުން ބޯޓުގައި ތިބީ އުދުހުމުގެ 700 އަށްވުރެ ގިނަ ގަޑިއިރު ފުރިހަމަކޮށްފައިވާ އިންސްޓްރަކްޓަރަކާއި، ތަމްރީނުގެ އެންމެ ފަހު މަރުހަލާގައި އުޅޭ ދިވެހި ދަރިވަރެވެ. ނަމަވެސް، އަނިޔާވި ދިވެހި ދަރިވަރާ ބެހޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެއެވެ.
މި ހާދިސާ ހިނގާދިޔަ ގޮތް ސްޕެއިންގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު