މި އަހަރުގެ މިހާތަނަށް ފުލުހުންގެ އިދާރާއަށް އެންމެ ގިނަ މައްސަލަތައް ރިޕޯޓުކުރި މަހަކަށް ނިމިދިޔަ ޖުލައި މަސް ވެފައިވާކަން ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފުލުހުންގެ ރަސްމީ ހިސާބުތައް ދައްކާގޮތުން، މި އަހަރު ފެށުނީ ފެށިގެން މިހާތަނަށް ޖުމްލަ 7،616 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 1,170 މައްސަލަ ރިޕޯޓުކޮށްފައިވަނީ ހަމައެކަނި ޖުލައި މަހުގެ ތެރޭގައެވެ. މިއީ މިއަހަރުގެ އެހެން މަސްތަކާ އަޅާބަލާއިރު އެންމެ ގިނަ އަދަދަކަށް މައްސަލަ ހުށަހެޅުނު މަހެވެ. މީގެ ކުރިން އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު 1,108 މައްސަލަ ފުލުހަށް ހުށަހެޅިއެވެ.
މިދިޔަ މަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު 1,104 މައްސަލަ، މެއި މަހު 1,056 މައްސަލަ އަދި އޭޕްރީލް މަހު 1,025 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަހަރުގެ ކުރީކޮޅަށް ބަލާއިރު މާޗު މަހު 973 މައްސަލަ އަދި ފެބުރުވަރީ މަހު 954 މައްސަލަ ހުށަހަޅާފައިވެއެވެ. މި ހިނގާ އޯގަސްޓު މަހުގެ މިހާތަނަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 226 މައްސަލައެވެ.
ޖުލައި މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެ މަހު ރިޕޯޓުކުރި މައްސަލަތަކުގެ 31.7 އިންސައްތައަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ ޖުމްލަ 371 މައްސަލައެވެ. ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހެޅުނީ ވައްކަމުގެ ދާއިރާއިންނެވެ. ޖުލައި މަހު ވައްކަމުގެ 283 މައްސަލަ (24.2 އިންސައްތަ) ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ޖުލައި މަހު ފުލުހުން ބެލި މައްސަލަތަކުގެ ތެރޭގައި ޓްރެފިކް އެކްސިޑެންޓުގެ 240 މައްސަލައާއި، މުދާ ގެއްލިގެން ހުށަހެޅި 80 މައްސަލައެއް ހިމެނެއެވެ. އަދި މީހުންނަށް ހަމަލާދިނުމުގެ 61 މައްސަލައާއި، ތަޅާފޮޅުމުގެ 51 މައްސަލައެއްގެ އިތުރުން، ގެވެށި އަނިޔާގެ 24 މައްސަލައާއި ޖިންސީ ކުށްތަކުގެ 24 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. ޚިޔާނާތްތެރިވުމުގެ 18 މައްސަލައަކާއި ފޭރުމުގެ 12 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.
މުޅި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ޖުމްލައަށް ބަލާއިރު، ރާއްޖޭގައި އެންމެ އާންމުވެފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވައްކަމުގެ 2,103 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިއީ މުޅި އަހަރުގެ މައްސަލަތަކުގެ 27.6 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން ފުލުހަށް ހުށަހެޅެނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެފަދަ 1,846 މައްސަލައެއް މިހާތަނަށް ވަނީ ރިޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު