މާލެއިން ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، އެ ސައިކަލަކީ މީހަކު އޭނާއަށް ދިން އެއްޗެއް ކަމަށް ބުނެ ކޯޓުގައި ދިފާއު ނަގައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ، ވަގަށް ނަގައިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ސައިކަލެއް މި މީހާގެ އަތުން ފެނިފައިވާ ކަމަށެވެ.
ނަމަވެސް، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބުނެފައިވަނީ އެ ސައިކަލަކީ މީހަކު އޭނާއަށް ދިން ސައިކަލެއް ކަމަށެވެ. އަދި އެއީ ވަގަށް ނަގައިފައިވާ ސައިކަލެއްކަން އޭނާއަށް ނޭނގޭ ކަމަށްވެސް ކޯޓުގައި ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ހައްޔަރުކުރި މީހަކީ މީގެ ކުރިން ވެސް ބަންދު ރެކޯޑު އޮތް މީހެކެވެ. މައްސަލައިގެ ހެކި ގަރީނާއަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،103 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ. މީގެ ތެރޭގައި ސައިކަލް ވައްކަމުގެ ގިނަ މައްސަލަތަކެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު