އިސްލާމްދީނަކީ ފުރިހަމަ ދީނަކަށް ވީހިނދު، އަޅުކަންތަކުގެ އިތުރުން ދޭދޭ ފަރުދުންގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަކީ ދީނުގެ މުހިންމު ބައެއްކަން ހަނދާންކޮށްދީ، އެ ސިފަތައް އަށަގަންނުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
"މަޑުމައިތިރިކަން އިސްކުރުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކި ސަރަޙައްދުތަކުގައި އިއްވި ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއަދު ގިނަ ބަޔަކަށް ހީވެފައިވަނީ ނަމާދާއި، ރޯދައާއި، ޙައްޖާއި ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށެވެ. ނަމަވެސް، މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ ދީނުގެ ފުރިހަމަކަމާ ގުޅިފައިވާ ކަންކަންކަން ދަންނަ މީހުން މިއަދު މަދުކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
ޚުތުބާގައި ބުނީ، ފަރުޟުތަކާއި ސުންނަތް އަޅުކަންތަކަށް ރައްކާތެރިވާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، އަދި އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުން ފަދަ ނުބައި ސިފަތައް ހުންނަކަމީ ހިތާމަހުރި ކަމެއް ކަމަށެވެ. ޚާއްޞަކޮށް ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑު ފަހަނަޅައިދިއުމާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތީންނަށް ރިޢާޔަތްނުކުރުން ފަދަ ކަންކަން މުޖުތަމަޢުން ފެންނަމުންދާކަން ޚުތުބާގައި ފާހަގަކުރިއެވެ.
ކީރިތި ރަސޫލާ ﷺ ގެ ސީރަތުން މިސާލު ދައްކަވަމުން ޚުތުބާގައި ބުނެފައިވަނީ، އެކަލޭގެފާނު އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން ކަމަށެވެ. އަދި މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެއްކަން ބަޔާންކުރައްވައި، އޯގާތެރިކަމަށް މާތްﷲ ދެއްވާ ދަރުމަ ހަރުކަށިކަމަށް ނުދެއްވާކަން ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން ހާމަކޮށްދިނެވެ.
މީގެ އިތުރުން، މޫސާގެފާނު ފިރުޢައުނުގެ ގާތަށް ފޮނުއްވި ހިނދު، އޭނާއަކީ އަނިޔާވެރި ކާފިރަކަށް ވީނަމަވެސް، އޭނާއާ ވާހަކަދެއްކެވުމަށް މާތްﷲ އެންގެވީ މަޑުމައިތިރި ބަހުންކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. މިއީ މުސްލިމުން އެކަކުއަނެކަކާ މުޢާމަލާތުކުރާއިރު މަޑުމައިތިރިކަން އިސްކުރުން މާ އައުލާކަން ބޮޑުކަމުގެ ހެއްކެއް ކަމުގައި ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާ ނިންމާލާފައިވަނީ، ޙަޤީޤީ މުސްލިމަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމަށާއި، މަޑުމައިތިރިކަމާއި އޯގާތެރިކަމަކީ ސުވަރުގެ ލިއްބައިދޭ ސިފަތަކެއްކަން ހަނދާންކޮށްދެމުންނެވެ. އަދި ބޮޑާވުމާއި، ހިތްހަރުކަމާއި، ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމަށާއި، އެންމެހައި ކަންކަމުގައި ރަސޫލާ ﷺ ގެ ރިވެތި އަޚުލާޤުން ނަމޫނާ ލިބިގަތުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު