މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޝިޕިންގ އޭޖެންޓުންނާއި، "ސީ-ޓު-އެއަރ ކާގޯ" ގެ ޚިދުމަތްދޭ އެއަރލައިން އޭޖެންޓުން އަދި ފްރައިޓް ފޯވަރޑަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްޕީއެލް އިން ބުނީ ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ބަނދަރު ބަދަލުކުރުމުގެ މަސައްކަތުގައި އޮޕަރޭޝަނަލް ލެވެލްގައި ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކުގެ ތަޖުރިބާއާއި ޚިޔާލު ހޯދުން ކަމަށެވެ. ސިލްސިލާކޮށް ކުރިއަށްދާ މި މަޝްވަރާތަކުގެ ދަށުން އެމްޕީއެލްއިން މީގެ ކުރިން ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާގުޅޭ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާވެސް ބައްދަލުކޮށްފައެވެ.
މި ބައްދަލުވުމުގައި ބައިވެރިންވަނީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅިގެން އޮޕަރޭޝަނަލް ލެވެލްގައި ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުންގެ ތަޖުރިބާގެ އަލީގައި ޚިޔާލުތަކެއް އެމް.ޕީ.އެލް އާއި ހިއްސާކޮށްފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެެކެވެ. ތިލަފުށީ ބަނދަރު ތަރައްގީކުރެވިގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ހިމެނޭ ބަނދަރެއް ގޮތަށް ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. އެގޮތުން މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ. އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރު ވެގެންދާނީ، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު