މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 118 އުޅަނދު ބަލައި ފާސްކޮށް، 60 ފަރާތެއް ޖޫރިމަނާކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ 1 އިން ޖޫން 30 ގެ ނިޔަލަށް ޖުމްލަ 21،354 އުޅަނދު ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރެއިން 10،878 ފަހަރު ޖޫރިމަނާކޮށްފައިވާއިރު، 8،740 ފަހަރު ނަސޭހަތް ދީފައިވެއެވެ. މިއީ ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދު ޖޫރިމަނާ ކުރުމެވެ.
މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި ފާއިތުވި 181 ދުވަހުގެ ތެރޭގައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށްފައިވެއެވެ. އަދި ސްކޫލް ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް 10،263 ހަރަކާތެއް ވަނީ ހިންގާފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6 ޗެކްޕޮއިންޓާއި 57 ޓްރެފިކް ހަރަކާތެވެ.
ޕާކިންގ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، އުޅަނދުތައް ޓޯކުރުމުގެ ކުރިން އަމިއްލައަށް އުޅަނދު ނެގުމަށް އެދި ވެރިފަރާތްތަކަށް 23،608 ފޯނު ކޯލު ފުލުހުން ކޮށްފައިވެއެވެ. ނަމަވެސް، ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 3،417 އުޅަނދެއް ޓޯކޮށްފައިވެއެވެ. މީގެ ތެރޭގައި ގިނައީ ސައިކަލެވެ. އެއީ 3،336 ސައިކަލާއި 81 ހަތަރު ފުރޮޅުލީ އުޅަނދެވެ. މީގެ އިތުރުން ރަސްމީ އެކި މުނާސަބަތުތަކާ ގުޅިގެން ނޯޓިސް ދިނުމަށްފަހު 1،080 އުޅަނދެއް އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވެއެވެ.
ލައިސަންސް ނެތި އުޅަނދު ދުއްވި 1،052 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު، މިއީ ދުވާލަކު އެވްރެޖްކޮށް 6 މީހުންނެވެ. އަދި ނުރައްކާތެރިކޮށް ދުއްވުމުގެ 77 މައްސަލައަކާއި، ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯންތަކުގައި ދުއްވި 71 އުޅަނދެއް ފާހަގަކުރެވިފައިވެއެވެ.
ޖުމްލަ 59 ބާވަތެއްގެ ކުށަށް ޖޫރިމަނާ ކޮށްފައިވާއިރު، އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީ މުއްދަތު ހަމަވެފައިވާ މައްސަލަތަކެވެ. އެގޮތުން އަހަރީ ފީގެ މައްސަލަތަކުގައި 2،249 ޖޫރިމަނާއެއް ކޮށްފައިވެއެވެ. މީގެ އިތުރުން އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ ކަންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންގެ މި ހަރަކާތްތަކަކީ މާލޭގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

މި 181 ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 118 އުޅަނދު ފާސްކޮށް 60 ޖޫރިމަނާ ކުރެވިފައިވެއެވެ. ބަލައިފާސްކުރެވުނު ކޮންމެ 100 އުޅަނދަކުން ގާތްގަނޑަކަށް 51 އުޅަނދު ޖޫރިމަނާ ކުރެވިފައިވާއިރު 41 އުޅަނދަށް ނަސޭހަތް ދީފައިވެއެވެ.
— Maldives Police (@PoliceMv) August 3, 2026
⭕ އިތުރު ތަފުސީލް:… pic.twitter.com/UssRkEroWY
ލައިސަންސް ނެތި އުޅަނދު ދުއްވި 1،052 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު، މިއީ ދުވާލަކު އެވްރެޖްކޮށް 6 މީހުންނެވެ. އަދި ނުރައްކާތެރިކޮށް ދުއްވުމުގެ 77 މައްސަލައަކާއި، ރަޖިސްޓްރީކޮށްފައިވާ ޒޯން ނޫން އެހެން ޒޯންތަކުގައި ދުއްވި 71 އުޅަނދެއް ފާހަގަކުރެވިފައިވެއެވެ.
ޖުމްލަ 59 ބާވަތެއްގެ ކުށަށް ޖޫރިމަނާ ކޮށްފައިވާއިރު، އެންމެ ގިނައީ އުޅަނދުގެ އަހަރީ ފީ މުއްދަތު ހަމަވެފައިވާ މައްސަލަތަކެވެ. އެގޮތުން އަހަރީ ފީގެ މައްސަލަތަކުގައި 2،249 ޖޫރިމަނާއެއް ކޮށްފައިވެއެވެ. މީގެ އިތުރުން އިންޝުއަރެންސާއި ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުން ފަދަ ކަންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންގެ މި ހަރަކާތްތަކަކީ މާލޭގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.
ކިޔުންތެރިންގެ ހިޔާލު