ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނުވަތަ ޚިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ހަނދާންތައް އާކުރުމުގެ ގޮތުން ބާއްވާ 'ޕޮލިސް މެމޯރިއަލް ޑޭ' ގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ފުލުހުންގެ ޚިދުމަތުގައި ވަކިވެދިޔަ އަބްޠާލުންގެ ޒިކުރާ އާކުރާ ދުވަހުގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވާ ދުވަހެވެ. މި ދުވަސް ޚާއްޞަކުރެވިފައިވަނީ 2012 ޖުލައި 23 ވަނަ ދުވަހު ކ. ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ރަހުމްކުޑަ ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ. މި ދުވަސް ރަސްމީ ސިފައެއްގައި ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.
މިއަހަރުގެ ޕޮލިސް މެމޯރިއަލް ޑޭގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ ރޭ މެންދަމު 00:00 ގައެވެ. އެ ވަގުތު ފުލުހުންގެ މައި މަރުކަޒުތަކުގައި ވަނީ އިޙްތިރާމް އަދާކުރުމުގެ ގޮތުން ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައެވެ. ދުވަހުގެ މައި ރަސްމިއްޔާތު މިއަދު ހެނދުނު 06:00 ގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަ އެންޑް ޓެކްނޮލޮޖީއެވެ. މި ބައްދަލުވުމުގައި ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރަސްމިއްޔާތުގެ ތެރެއިން، ޤައުމީ ޚިދުމަތުގައި ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސް، އެ ފަރާތްތަކުގެ ފުރާނައަށް ހެޔޮ ދުއާ ކުރުން އޮތެވެ. އަދި ފުލުހުންގެ މެމޯރިއަލް ވޯލްގައި ޝަރަފުގެ ގާޑެއް މައުންޓްކޮށް، މިރޭގެ މެންދަމު 00:00 އާ ހަމައަށް ފޯރިމެރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕޮލިސް މެމޯރިއަލް ވޯލްގައި ޚާއްޞަ އިޙްތިރާމާއެކު ފަސް ޝަހީދެއްގެ ނަންފުޅު ވަނީ ބިންވަޅު ނެގިފައެވެ. އެއީ ޝަހީދު ސާޖަންޓް ޢަލީ ނާޒިމް، ޝަހީދު ސާޖަންޓް އާދަމް ޙަލީމް، ޝަހީދު ސާޖަންޓް މިސްބާޙު ޢަބްދުﷲ، ޝަހީދު ސާޖަންޓް އަޙްމަދު ވިފާގް އަދި ޝަހީދު ކޮންސްޓަބަލް ޔޫސުފް ޒަމީރުގެ ނަންފުޅެވެ.
މީގެ އިތުރުން، ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާންވެސް މިއަދު ވަނީ އާކޮށްފައެވެ. އޭގެ ތެރޭގައި ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަދީމާއި، ސާޖަންޓް ޙުސައިން ޝަރީފާއި، ސާޖަންޓް ޝުޖާޢު ޢަދުނާނާއި، ސާޖަންޓް އިސްމާޢީލް ރިޒާގެ އިތުރުން ކޯޕްރަލް މުޙައްމަދު ޝާތިރާއި، ލާންސް ކޯޕްރަލް ޙަސަން އަޝްރަފާއި، ކޮންސްޓަބަލް ޢަބްދުލްބާސިތާއި، ސާޖަންޓް ފާތިމަތު ރިފާ އާއި، ކޮންސްޓަބަލް ޙުސައިން ގައިސް އަދި ސާޖަންޓް މުޙައްމަދު އަރުޝަދު ހިމެނެއެވެ.
މިއަހަރުގެ ރަސްމިއްޔާތުގައި ވަކިން ޚާއްޞަ ގޮތެއްގައި، އެންމެ ފަހުން ޚިދުމަތުގައި ވަކިވެދިޔަ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ޒިކުރާ ވަނީ އާކޮށްފައެވެ. އަޙްމަދު ޢާސިފް ނިޔާވީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ފުލުހުންގެ އޮޕަރޭޝަނެއްގައި "ޕޮލިސް ލޯންޗު 57" ގައި ހަރަކާތްތެރިވަމުން ދަނިކޮށް ދިމާވި ހާދިސާއެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު