ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ އިޢުލާނެއްގައި ބުނެފައިވަނީ، މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، ލޫޒަން، އުމުރުން 34 އަހަރުގެ އާލާ އިބްރާހީމް ރަޝީދު ކަމަށެވެ.
އާލާ ހޯދަމުންދަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އާދައިގެމަތިން ހާޒިރުކުރެވިފައި ނުވާތީއެވެ. އެހެންކަމުން، އޭނާ ބަންދުގައި ބަހައްޓައިގެން 2026 ޖުލައި 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
ފުލުހުން ވަނީ އާލާ އިބްރާހީމް ރަޝީދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފައެވެ.
މީގެ އިތުރުން، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުންގެ މުއައްސަސާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު