ކުރީގެ ރައީސުންނަށް ލިބިދޭ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލުތައް އިސްލާހުކުރުމަށް 241 ކޮމިޓީން ނިންމާފައިވާ ނިންމުމަށް ފާޑުވިދާޅުވަމުން އަލީ ހުސައިން ވިދާޅުވީ، އެފަދަ ނިންމުމެއް ނިންމުމުގެ އެއްވެސް އިހްތިޔާރެއް އެ ކޮމިޓީއަށް ލިބިގެން ނުވާ ކަމަށެވެ. އަދި މިފަދަ ފިޔަވަޅުތަކަކީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ނޫނީ ކުރެވޭނެ ކަންކަން ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މުޒާހަރާ ކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްގެއްކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދާޅުވީ، ގާނޫނަކުން ޚާއްސަ ރައްކާތެރިކަން ދީފައިވާ ބަޔަކު އެ ހައްގުގެ ބޭނުން ހިފުމުން އެ ރައްކާތެރިކަން ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިގޮތަށް އަމަލުކުރުމަކީ ކުރިމަގުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ހިމާޔަތާއި ރައްކާތެރިކަން ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
މީގެ އިތުރުން، މިފަދަ ނިންމުމެއް ނިންމަން ކޮމިޓީން މަސައްކަތްކުރަނީ ސަރުކާރުގެ ކަންކަން ބޭޒާރުވެދާނެތީ އެކަމުގެ ބިރުވެރިކަމުގައި ކަމަށާއި، މިފަދަ ނިންމުންތަކުގެ ސަބަބުން ސަރުކާރުގެ އަގު އިތުރަށް ވެއްޓިގެންދާނެ ކަމަށްވެސް އަލީ ހުސައިން ވިދާޅުވި އެވެ.

ARG
ކިޔުންތެރިންގެ ހިޔާލު