ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުން އަންނަ "ރަސްމާލެ" މަޝްރޫއުގެ ދަށުން ޔޫއޭއީގެ ކުންފުންޏަކަށް ބިން ދިނުމަށް ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ރަސްމާލެ މަޝްރޫއުން 500 ހެކްޓަރުގެ ބިން، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ދިނުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންނެވެ.
މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެ މައްސަލައަކީ ސީދާ ފުރަތަމަ މަރުހަލާގައި އެންމެ މަތީ ކޯޓަށް ހުށަހެޅޭ ބާވަތުގެ މައްސަލައަކަށް ނުވާތީއެވެ.
ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއަކީ 99 އަހަރުގެ ދިގު މުއްދަތަކަށް ބިން ކުއްޔަށް ދީގެން، ސަރުކާރާއި އީގަލް ހިލްސް ކުންފުނި ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 5،000 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުނިން ފަންޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލީ އަލްއައްބާރު ވިދާޅުވެފައިވަނީ، މިއީ ރާއްޖޭގެ އިގުތިސާދަށް ބޮޑު އިންގިލާބެއް ގެނުވާނެ މަޝްރޫއެއް ކަމަށެވެ. އެގޮތުން އިމާރާތްކުރުމުގެ މަރުހަލާގައި 40،000 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށާއި، މަޝްރޫއު ނިމި ހިދުމަތް ދޭން ފެށުމުން 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ދާއިމީ ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އީގަލް ހިލްސް ކުންފުނިން ލަފާކުރާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތަކާއި ފަތުރުވެރިކަމުގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެގެންދާނެއެވެ. އެގޮތުން އަހަރަކު އިތުރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވޭއިރު، މަޝްރޫއު ހިނގަމުންދާ މުއްދަތުގެ ތެރޭގައި އެކި ޓެކްސްތަކުގެ ގޮތުގައި ދައުލަތަށް ދެ ބިލިއަނެއްހާ ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު