ފުލުހުންގެ ޚިދުމަތަށް އެންމެ ފުރަތަމަ ބޭނުންވަނީ ޚިދުމަތުގެ ދުވެލި ހަލުވިކޮށް ނަތީޖާ ނެރުން ކަމަށާއި، އައު އިމާރާތްތައް ބިނާކުރުމަކީ އޭގެ ފަހުން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް 91 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. ރައީސް މުޢިއްޒު ވަނީ މާލޭގައި ފުލުހުންގެ އައު ހެޑްކުއާޓަރަކާއި، އިސްކަންދަރު ކޮށީގައި އިތުރު އިމާރާތެއް އެޅުމަށް ނިންމަވާފައިވާކަން އެ ރޭ އިޢުލާން ކުރައްވާފައެވެ.
އެކަމާ ގުޅިގެން ރޭ ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މިވަގުތު ފުލުހުންނަށް ބޭނުންވަނީ ޚަރަދު ބޮޑު މަޝްރޫޢުތަކެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ޚިދުމަތްތައް އަވަސްކުރެވޭނެ ގޮތްތަކެއް ކަމަށެވެ.
"އެންމެ އިސްކަމެއް ދޭންވީ ޚިދުމަތުގެ ދުވެލި ހަލުވިކުރުމަށާއި، ނަތީޖާ ނެރުމަށާއި، ކުށްވެރިންނަށް އަދަބު ދިނުން ފަދަ ކަންކަމަށް. ޖާގައިގެ ދަތިކަމާއި އެނޫން ކަންކަމަކީ ދެވަނައަށް އަންނަންޖެހޭ ކަންކަން،" އުމަރު ވިދާޅުވިއެވެ.
ފުލުހުންގެ މިހާރުގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންއަކީ ޖާގައިގެ ގޮތުން ނުހަނު ދަތި ތަނެއްކަން އުމަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ފުލުހުންގެ ހެޑްކުއާޓަރު އެތަނާ އިންވެގެން ހުރި ސިފައިންގެ މައި މަރުކަޒު ސަރަޙައްދަށް ބަދަލުކުރުމަށް ޢުމަރު ހުށައެޅުއްވިއެވެ.
އުމަރު ވިދާޅުވީ ފުލުހުންނާއި ސިފައިންނަކީ ގާނޫނީ ގޮތުން ވަކި ދެ މުއައްސަސާއަކަށް ވިޔަސް، އެ ދެ ތަނަކީ އިދާރީ ގޮތުންނާއި އުމްރާނީ ގޮތުން ވަރަށް ބޮޑަށް ގުޅިފައި އޮންނަންޖެހޭ ދެތަން ކަމަށެވެ. ދައުލަތުގެ އޮނިގަނޑު ކުޑަކުރަން ޖެހޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް މުޅިން ވަކި އިމާރާތްތަކެއް ހުރުމުގެ ބަދަލުގައި، އެއް ސަރަޙައްދެއްގައި ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމެއް އޮތުން މާ މުހިންމު ކަމަށެވެ.
އުމަރުގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ، ދެ މުއައްސަސާ ގުޅިފައި އޮތް ނަމަވެސް، ކޮންމެ ތަނަކަށްވެސް ވަކި ހެޑްކުއާޓަރެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެއީ މިވަގުތު އެންމެ ބޮޑަށް އިސްކަމެއް ދޭންޖެހޭ ކަންތައް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު