ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ފުރިހަމަކުރި ޒުވާނުން،
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ފުރިހަމަކުރި ޒުވާނުން،
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ 63 ޒުވާނުން ތަމްރީނު ފުރިހަމަކޮށް މިއަދު ދަސްވެނިވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ކުދިންނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ހޮއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދު ދަސްވެނިވި ޒުވާނުންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުން ކަމަށެވެ. މި އުފާވެރި މުނާސަބަތުގަ

އި ރައީސް ވަނީ ދަސްވެނިންނަށާއި އެ ކުދިންގެ ބެލެނިވެރިންގެ އިތުރުން، މި ޕްރޮގްރާމް ހިންގުމުގައި ބައިވެރިވި އެމް.އެން.ޑީ.އެފް އާއި ޑިފެންސް މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ފަންނީ ދާއިރާތަކުން ކުރިއަށްދާން ޝައުޤުވެރިކަން ފާޅުކުރި ކުދިންނަށް އަމާޒުކޮށްގެން ހިންގި ޚާއްޞަ ތަމްރީނެކެވެ. މިއަދު ދަސްވެނިވި ދަރިވަރުންނަކީ 2025 ޑިސެމްބަރު 28 ގައި ދަސްވެނިވި ފުރަތަމަ ބެޗުގެ ދަރިވަރުންނެވެ.

ޖުމްލަ 4 މަސް ދުވަހުގެ މުއްދަތަށް، 15 ޖެނުއަރީ 2026 އިން ފެށިގެން މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އެމް.އެން.ޑީ.އެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ.

މި ޕްރޮގްރާމްގެ ދެވަނަ ބެޗު 75 ޒުވާނުންނާއެކު 1 ޖޫން 2026 ގައި ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު