ޑޮނަލްށޑް ޓްރަންޕްގެ ދަރި އިވަންކާ ޓްރަންޕް
ޑޮނަލްށޑް ޓްރަންޕްގެ ދަރި އިވަންކާ ޓްރަންޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އަދި ވައިޓް ހައުސްގެ ކުރީގެ ސީނިއާ އެޑްވައިޒަރު އިވަންކާ ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި، އީރާނުގެ މަދަދުލިބޭ "ކަތާއިބު ހިޒްބުﷲ" ޖަމާއަތުގެ އިސް ކޮމާންޑަރަކު ހައްޔަރުކޮށްފި ކަމަށް ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިރާގަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މުހައްމަދު ބާގިރު ސައަދު ދާއޫދު އަލް-ސައަދީ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2026 މެއި 15 ގައި ތުރުކީވިލާތުގައި، އަދި އޭނާ މިހާރު ވަނީ އެމެރިކާއާ ހަވާލުކޮށްފައެވެ. އޭނާގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި ހަ ދައުވާއެއް އުފުލާފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ރޭވުމަކީ 2020 ވަނަ އަހަރު އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އަވަހާރަކޮށްލި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރަށް ބަދަލުހިފުމުގެ ގޮތުން ރޭވި ކަމެއް ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން އަލް-ސައަދީ ވަނީ އިވަންކާ ޓްރަމްޕް އަވަހާރަކޮށްލާނެ ކަމަށް ބުނެ "ވައުދު" ވެފައެވެ. އޭނާގެ އަތުން އިވަންކާ ފްލޮރިޑާގައި ދިރިއުޅުއްވާ ގޭގެ ޗާޓުތަކާއި މައުލޫމާތު ފެނިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، އަލް-ސައަދީ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި އިވަންކާގެ ގޭގެ މެޕެއް ހިއްސާކޮށް، އެމެރިކާގެ ސަލާމަތީ ބާރުތަކަށް ފިލައިގެން ނޫޅެވޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އޭނާއަކީ އެމެރިކާ، ކެނެޑާ އަދި ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި 20 އަށްވުރެ ގިނަ ޓެރަރިސްޓް ހަމަލާތައް ރޭވުމުގައި ބައިވެރިވި މީހެއް ކަމަށްވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ތުހުމަތުކުރެއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އިވަންކާ ޓްރަމްޕާއި އޭނާގެ އާއިލާ މިހާރު ތިއްބެވީ ސަލާމަތުންނެވެ. އަދި އެމެރިކާގެ ސީކްރެޓް ސާވިސްއިން ދަނީ އެ އާއިލާއަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު